FAD fishing

އުތުރުގައި މަސްވެރިން މަސްކިރޭނެ ގޮތެއްނެތި ނަމްބަރު ނަގައިގެން ކިޔުގައި!

ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވެ މަސްކިރުމުގައި ދަތިތަކެއް ދިމާވެ މަސްވެރިން މަހަށް ފުރުމަށް ހުރަސްތަކާ ކުރިމަތިވެއްޖެއެވެ. މަސްވެރިން އެމްވީއަށް މަޢުލޫމާތު ދިން ނައިފަރުގެ މަސްދޯންޏަކުން ބުނީ ފެލިވަރަށް މަސް ކިރެނީ ކިއު ނަމްބަރު ނަގައިގެން ހަފްތާއެއް ފަހުން ކަމަށެވެ. އެހެންކަމުން ވަރަށް ގިނަ ދޯނިފަހަރު ނަމްބަރު ނަގައިގެން ނައިފަރާއި، ފެލިވަރުގެ ފަޅުތެރޭގައި މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަމަށް މަސްވެރިން ބުނެއެވެ.

"ވަރަށް ދެރަވެފަ މި ބުނަނީ މަސްކިރޭނެ ގޮތެއްނެތް. މަސްބާނައިގެން އައިސް ނަމްބަރު ނަގައިގެން މި އޮންނަން ޖެހެނީ ފަޅުތެރޭގައި. މިހާރު 4 ދުވަސްވީ. ބައެއް ދޯނި ފަހަރަށް ނަމްބަރު ދޫކޮށްފަ އެބަހުރި މިމަހު 17 ވަނަ ދުވަހަށްވެސް. މަސްވެރިކަމަކީ އަބަދު އޮންނަ އެއްޗެއްނޫން. މަސް ބާނާ ދުވަސްވަރު މަސްވެރިން އަތުން މަސްގަނެވޭނެ އިންތިޒާމް ހަމަޖައްސަން އެބަޖެހޭ. މިހާރު މިޖެހެނީ މަސްބާނައިގެން އައިސް އަޅައަޅާ ތިބެން. ވަރަށް ދެރަ ކަމެއްމީ." އިހަވަންދޫ މަސްދޯންޏަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ރާއްޖޭގެ އުތުރުގައި މަސްގަންނަން އޮންނަ ހަމައެކަނި ރަށަކީ ފެލިވަރެވެ. މިފްކޯއިން ބުނީ މިދުވަސްކޮޅު ފެލިވަރަށް މަސްކިރުމުގައި ދަތިތަކެއް ދިމާވީ ފެލިވަރު ބަނދަރުގައި އޮތް އެކުންފުނީގެ މަސްކިރާ ބޯޓުތައް ފުރުމުން ކަމަށެވެ. މި ބޯޓުތައް މަސް ހުސްކުރަން ދާންޖެހެނީ ކޫއްްޑުއަށް ކަމަށާއި ފެލިވަރުން ކޫއްޑުއަށް ކުރާ ދަތުރަކީ ދިގު ދަތުރެއްކަމުން ބޯޓު އަލުން ފެލިވަރަށް ދިއުމަށް ދުވަސްކޮޅެއް ނަގާކަމަށް މިފްކޯއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. vote dhin hurihaa masverinnah hithuge funminun thahniya aai mubaarikbaadhee aris kuran.
    hagguvaa minvaru libeythee ufaa kurey!