މަސްވެރިކަމާއި ގުޅޭ

މިފްކޯގެ ސައިޓެއް
މިފްކޯގެ ސައިޓެއް

ގދ. ތިނަދުއާއި މ. މުލަކުގައި މަސް ރައްކާކުރާ ފެސިލިޓީތައް ޤާއިމްކުުރަނީ

މަސްވެރިންނަށް މަސް ކިރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އަންނަ އަހަރުތެރޭ މ.މުލަކާއި ގދ.ތިނަދޫގައި މަސްވެރިންގެ އަތުން މަސްގަނެ ރައްކާކުރާނެ ފެސިލިޓީތައް ޤާއިމްކުުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ އަންޑަރ ސެކެރެޓަރީ އަޙުމަދު ހަމްދާން ވިދާޅުވީ މަސްވެރިކަން ތަރައްޤީކޮށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރުކުރާ މަހަކީ ވެލިއު އެޑް ކުރެވިގެން ބޭރުކުރާ މަހަށް ހެދުމަށް ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށާއި، އެގޮތުން މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓުމަންޓުތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދެ ސަރަހައްދެއްގައި ސްޓޯރޭޖް ފެސިލިޓީތައް ޤާއިމްކުރުމަށް އިންވެސްޓްމަންޓުތަކެއް ކުރުމަށް ރާވާފައިވާ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މ.މުލައް އަދި ގދ. ތިނަދޫގައި ސްޓޯރޭޖް ފެސިލިޓީތަކާއެކު މަސްގަތުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އިންވެސްޓްމަންޓުތަކެއް ކުރުމަށްވަނީ ރޭވިފައި ކަމަށާއި މިއާއެކު މަސްވެރިންނަށް މަސް ކިރުމަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ހަމްދާން ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓުކޮށް އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވާނެކަމަށެވެ.

މަސްވެރިންް އެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުން ގދ. ތިނަދޫގައި ޤާއިމްކުރަނީ 1000 ޓަނުގެ ކޯލްޑްސްޓޭރޭޖެކެވެ. އަދި މުލަކުގައި ޤާއިމްކުރަނީ 200 ޓަނުގެ ކޯލްޑްސްޓޯރޭޖެކެެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!