މަސްވެރިކަމާއި ގުޅޭ

Image 2020-11-19 at 07.30.14

ކަނދުފަތި ކައިރީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ވީޑިއޯ އަނެއްކާވެސް އާންމުކޮށްފި

ކަނދުފަތިކައިރީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ވީޑިއޯ އަނެއްކާވެސް އާންމުކޮށްފިއެވެ.

މިފަހަރުގެ ވީޑިއޯ އާންމުކޮށްފައިވަނީ މަސްވެރިކަން ކުރިއެރުމަށް ފޭސްބުކްގައި ހަދާފައިވާ ދެ ޕޭޖްކަމަށްވާ "ހިރިލަންދޫ މަސްވެރިން"ނާއި "އައްޑޫސިޓީ މަސްވެރިން"ގެ ޕޭޖުންނެވެ.

މި ވީޑިއޯއިން ފެންނަނީ ކަނދުފަތީގެ ބޮއިކައިރިޔަށް ރޯލު ދޫކޮށްގެން މަސްވެރިކަން ކުރަމުންދާ މަންޒަރެވެ. މި ވީޑިއޯ ނަގާފައިވާ ދޯނިން އޭރުވެސް ދިޔައީ މަސް ބާނަމުންނެވެ. ވީޑިއޯ ހިއްސާކުރަމުން ހިރިލަންދޫ މަސްވެރިންގެ ޕޭޖުން ބުނީ ބޮއިތައް ކައިރީ ނަނު ދޫކޮށްގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެއްކަމަށާއި، ހިތާމަޔަކީ މިފަދަ ކަންކަން ކުރަމުން އަންނައިރުވެސް އެކަށީގެންވާ ފިޔަވަޅު ނޭޅުން ކަމަށެވެ. އަދި ހެދިފައި ހުންނަ ޤަވާއިދުތަކަށް ބޯލެނބުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން މިފަދަ ކަންކަން ހުއްޓާލަން ޖެހޭކަމަށެވެ. އަދި މަސްވެރިކަމަކީ އެތަށް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްކަމަށާއި، މިފަދަ ކަމަކުން ލިބޭ ގެއްލުމަކީ ގިނަ ބަޔަކަށް ލިބޭނެ ގެއްލުމެއްކަމަށްވެސް ހިރިލަންދޫ މަސްވެރިންގެ ޕޭޖުން ބުނެފައިވެއެވެ.

ހަމަ މި ދޯނީގެ ވީޑިއޯއެއް ޚިއްޞާ ކުރަމުން އައްޑޫސިޓީ މަސްވެރިންގެ ޕޭޖުން ބުނެފައިވަނީ ބޮއިކަރިން ކަންނެލި މިގޮތަށް ބޭނުމަކީ މަނާކަމެއްނަމަވެސް މިކަންތައް މިހާރު ވަނީ އާންމު ކަމަކަށް ވެފައި ކަމަށެވެ.

މީގެކުރިންވެސް މަސްވެރިން ވަނީ މިފަދަ ވީޑިއޯއާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ޚިއްޞާ ކޮށްފައެވެ.

މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން، ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެން ޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ. މި ޤަވާއިދުގެ ދަށުން ކަނދުފަތީގައި ވާ އެއްސި ދޯންޏެއްގެ އޮޑިވެރިޔާއާއި ކެޔޮޅު މިދިޔަ މަހު ފިޝަރީޒް މިނިސްޓްރީން ވަނީ ޖޫރިމަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Raithunge laarin kandhufathi alhanee masverinnah ekani alhaafa oiy kadhufathithakeh noon kanneliverinnahves kanneli beynen jeheyne

Comments are closed.