މަސްވެރިކަމާއި ގުޅޭ

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނި/ ފޮޓޯ: ރައީސް އޮފީސް
ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނި/ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މަހުގެ އުފެއްދުންތައް ލަންކާއަށް ބޭރުކުރުމަށް އެއްވެސް ހުރަހެއްނެތް: ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ މަހުގެ އުފެއްދުންތައް ލަންކާއަށް ބޭރުކުރުމަށް އެއްވެސް ހުރަހެއްނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށީ އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ހިކިކަނޑުމަހާއި ލޮނު މަސް ސިލޯނަށް އެތެރެކުރުމަށް ހުރަސްތަކެއް ހުރިކަމުގެ ވާހަކަ ފެތުރިފައިވާކަމަށާއި މިއީ މިވަގުތު މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ކަންބޮޑުވުންކަމަށެވެ. ނަމަވެސް ލަންކާގެ ފިނޭންސް މިނިސްޓްރީން ރާއްޖޭގެ ހިކިކަނޑުމަހާއި ލޮނުމަސް ލަންކާއަށް އެތެރެކުރުން މަނާކުރާ އެއްވެސް ޕޮލިސީއެއް ސިލޯނުގެ ސަރުކާރުގައި ނެތްކަމުގެ ޔަޤީންކަން އެޤައުމުން ދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ފޮރިން މިނިސްޓަރަށް ސިލޯނުގެ ކަސްޓަމްސްއިން ފޮނުވާފައޮތް ސިޓީއެއް އެބައޮތް އަޅުގަނޑަށް ލިބިފައި. އެސިޓީގައި އޮތީ ސިލޯނުގެ ފިނޭންސް މިނިސްޓްރީއާ ޙަވާލާދެއްވައި ރާއްޖޭގެ ހިކިކަނޑުމަހާއި ލޮނުމަސް އެތެރެކުރުން މަނާކުރާ އެއްވެސް ޕޮލިސީއެއް އަދި ސިލޯނުގެ ސަރުކާރުގައި ނެތް ވާހަކަ. އެހެންކަމުން ދައްޗެއް ނެތި ރާއްޖޭގެ މަސްވެރިންގެ މަސް ސިލޯނަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ މިހާރު ވަނީ އަޅުގަނޑުމެންނަށް ދެއްވާފައި." ރައީސް ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ލަންކާގެ ސަރުކާރުން އެގައުމުގެ މަސްވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް، އެހެން ޤައުމުތަކުން އެ ޤައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެކްސްވަނީ ބޮޑުކޮށްފައެވެ. އާ ޓެކުހުގެ ރޭޓުތަކުގައިވާގޮތުން ރާއްޖެއިން އެޤައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޓެކްސްގެ ގޮތުގައި ކިލޯއަކަށް 62.49 ރުފިޔާ ނެގުމަށް އެޤައުމުން ވަނީ ނިންމާފައެވެ. މިއީ އެހެން ޤައުމުތަކުން ލަންކާއަށް އެތެރެކުރާ މަހަށް ނަގާވަރަށްވުރެ ބޮޑު އަދަދެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!