މަސްވެރިކަމާއި ގުޅޭ

މެންދަން މިޔަރު

މެންދަން މިޔަރަކީ ދުނިޔޭގެ އެހެނިހެން ހިސާބުތަކުގައި އަޑީގައި އުޅޭކަމަށް ރެކޯޑްކުރެވިފައިވާ މިޔަރެކެވެ. 90 މީޓަރާއި 430 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް ރާއްޖޭގައި މިބާވަތުގެ މިޔަރު ބޭނިފައި ހުންނަނީ ކަނޑުގެ މަތީބައިގައި ލޭނުއަޅައިގެންނެވެ. އެންމެ ޚާއްސަގޮތެއްގައި ފާހަގަކުރެވެނީ މިބާވަތުގެ މިޔަރު ރޭގަޑު ބޭނޭކަމެވެ. ވުމާއެކު މިއީ ދުވާލު އަޑީގައި އުޅުމަށްފަހު ރޭގަޑު ޝިކާރަކުރަން ތިލަވެއުޅޭ މިޔަރެއްކަމުގައި ވުމީ އެކަށީގެންވާކަމެކެވެ.

މިމިޔަރަށް މަސްވެރިން ދީފައިވާނަމަކީ މެންދަމުގެ ވަގުތުގައި ބޭނޭ، ނުވަތަ ހަމައެކަނި ރޭގަޑު ބޭނޭ ބާވަތެއްކަމަށް ބަލާފައި ދީފައިވާ ނަމެއްކަމަށް ފެނެއެވެ. މިބާވަތުގެ މިޔަރު އަލިހުރަސް ކަނޑުން ގިނައިން ކަމަށްވެއެވެ. މި މިޔަރުގެ ކާނާއަކީ އެހެނިހެން މިޔަރާއި، މަޑިއާއި، މަހާއި ބޯވައެވެ. މިއީ ބިޔަ ހަށިގަޑެއް ލިބިފައިވާ މިޔަރެކެވެ. މިޔަރުގެ މަތީބައިގެ ކުލައަކީ އަޅިކުލައެކެވެ. ބަނޑުދަށް ހުންނަނީ ކުލަފަނޑުކޮށެވެ. މެންދަންމިޔަރު 3 މީޓަރަށް ބޮޑުވާކަމަށްވެއެވެ. މިމިޔަރު ވިހާ ކޮންމެފަހަރަކު 3 އާއި 15 އާ ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Grey reef shark

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!