މަސްވެރިކަމާއި ގުޅޭ

FAD fishing

މަސްވެރިކަމުގެ ހުއްދައާއި ހެލްތު ސެޓްފިކެޓް އަބަދުވެސް ދޯނީގައި ގެންގުޅުން އެދެން: މިފްކޯ

މަސްވެރިކަމުގެ ހުއްދައާއި ހެލްތު ސެޓްފިކެޓް އަބަދުވެސް ދޯނީގައި ގެންގުޅުމަށް މިފްކޯއިން ބުނެފިއެވެ.

ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މިފްކޯއިން މަސްވެރިންނަށް ފޮނުވި މެސެޖެއްގައި ވަނީ، މިފްކޯއިން މަސްވެރިންގެ އަތުން މަސްގަނެ ޕްރޯސެސްކޮށް އަދި އެކްސްޕޯޓްކުރަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑު ތެރޭގައި ކަމަށެވެ.

ދޯނިފަހަރުން މަސްކިރާއިރު ފިޝަރީޒް މިނިސްޓްރީން ދޯންޏަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ މަސްވެރިކަމުގެ ލައިސެންސާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޯންޏަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސާފުތާހިރު ކަމުގެ ސެޓްފިކެޓް މަސްކިރުމުގެ ކުރިން ދޯނީގައި އޮތްތޯ ބަލައި ކަށަވަރު ކުރުމަށް އެންމެ ފަހުން ފުޑް އެންޑް ޑުރަގް އޮތޯރިޓީން ކުރި އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި ހިމެނޭކަމަށް މިފްކޯގެ މެސެޖްގައި ވެއެވެ. ކޮންމެ ދޯންޏަކުންވެސް މި ދެ ސެޓްފިކެޓް ދޯނީގައި ގެންގުޅުމަށާއި، އަދި މި ސެޓްފިކެޓްތަކުގެ މުއްދަތު ހަމަވެގެން މަސްކިރުން ހުއްޓާލުމުގެ ކުރިން މި ދެ ސެޓްފިކްޓް އާކުރުމަށް މިފްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!