މަސްވެރިކަމާއި ގުޅޭ

breaking

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ މިއަދުން ފެށިގެން އެކުންފުނީގެ ސައިޓްތަކާއި ބޯޓުފަހުން މަސްވެނިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 7.17 ލާރިއަށް ކަމަށެވެ. މިއާއެކު ކުރިން ވިއްކަމުން ދިޔަ އަގަށްވުރެ ލިޓަރަކުން 28 ލާރި ވަނީ އަގު ބޮޑުވެފައެވެ. މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިފްކޯއިންް މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކަމުން ދިޔައީ 6 ރުފިޔާ 89 ލާރިއަށެވެ.

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގަށް ގެނައި ބަދަލާއެކު ފަހި ހަކަތަ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދޯނިފަހަރަށް ޑީސަލް ލިޓަރެއް ވިއްކާނީ 6 ރުފިޔާ 92 ލާރިއަށް ކަމަށެވެ.

ތެލުގެ އަގަށް ގެނައި ބަދަލާއެކު މަސްވެރިން ނޫން ފަރާތްތަކަށް ޑީސަލް ލިޓަރެއް ވިއްކާނީ އެކުންފުނިން ކުރިންވެސް ވިއްކަމުންދިޔަ އަގުކަމަށްވާ 13 ރުފިޔާއަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!