މަސްވެރިކަމާއި ގުޅޭ

EmT1UATVoAEBKSi

މަސްވެރިއެއްގެ ހާލުދެރަވެގެން އެމްއެންޑީއެފް އިން އެހީތެރިވަނީ!

މ.މުއްޔާ ދިމާ 12 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ގެލެކްސީ-2 ދޯނީގައިހުރި މީހެއްގެ ހާލު ދެރެވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގެލެކްސީ-2 ގައި ހުރި 57 އަހަރުގެ ދިވެހި ފަޅުވެރިއަކަށް ކުއްލި ސިއްޚީ މައްސަލައެއް ދިމާވެގެން އަވަސް ފަރުވާއަށް މުލީ ރީޖަނަލް ހޮސްޕިޓަލަސް ގެންދިއުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޯސްޓްގާޑުގެ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. މިހާދިސާގެ އިތުރު ތަފްސީލެއް އެންއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

މަސްދޯނިފަހަރު ބޭރުކަނޑުގައި އުަޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!