މަސްވެރިކަމާއި ގުޅޭ

breaking

މަސްދޯންޏެއްގައި އަލިފާންރޯވެ 4 މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫ ފަޅުގައި އޮތް މަސްދޯންޏެއްގައި އަލިފާންރޯވެ 4 މީހަކަށް އަނިޔާވެއްޖެއެވެ.

މިހާދިސާގައި އަނިޔާވި މީހުންނަށް ތިނަދޫގައި ހުންނަ ރީޖިނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަލިފާން ރޯވެފައިވަނީ ތިނަދޫ ރާސްތާ ދޯނީގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ ހާދިސާހިނގި ވަގުތު ދޯނީގައި ތިބީ 4 މީހުންނެވެ. މިހާދިސާ ހިނގުމާއެކު ތިނަދޫގައި ހަރަކާތްތެރިވާ ފަޔަރ އެންޑް ރެސްކިއިޓީމާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. މިހާދިސާގައި ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށް ހަބަރު ލިބެއެވެ. މިހާދިސާ ހިނގަން މެދުވިސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!