މަސްވެރިކަމާއި ގުޅޭ

nazim

އުޅަނދުފަހަރު ފުންކުރުމަށް ހުށައެޅި ގަރާރު ބޭރުކޮށްލުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް: ކާނަލް ނާޒިމް

ފަރަށް އަރާ ކަނޑު އުޅަނދުފަހަރު ފުންކުރުމުގެ އަމަލީ މަސައްކަތް ކުރާނެ އިދާރާއެއް އުފައްދަން ހުށައެޅި ގަރާރު އެމްޑީޕީގެ މެޖޯރިޓ ީއޮތް މަޖިލީހުން މިއަދު ބޭރުކޮށްލުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެގަރާރު މިއަދު މަޖިލީހުން ފާސްނުކުރެއްވުމާއި ގުލިގެން ކުރެއްވި ޓްވީޓެއްގައެވެ. މި ޤަރާރު ފާސްކުރަން ފެންނަކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ 7 މެންބަރުންނެވެ. ފާސްކުރަން ނުފެންނަކަމަށް 54 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. މި ޤަރާރަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ނާޒިމް ހުށައެޅުއްވި ޤަރާރެކެވެ.

މި ޤަރާރުގެ މަޤްޞަދުގައި ބުނެފައިވަނީ މަސްދޯނިފަހަރާއި، މީހުންނާއި މުދާއުފުލާ އުޅަނދުފަހަރާއި، ޓޫރިސްޓުންއުފުލާ އުޅަނދުފަހަރާއި، އޮޔާދާ އުޅަނދުފަހަރާއި، ބޭރުދަތުރުކުރާ އުޅަނދުފަހަރު، ފަރަށް އެރުމުން، އެ އުޅަނދު ފުންކުރުމުގައި އަމަލީގޮތުން މަސައްކަތްކޮށްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް، ސަރުކާރުގެ ސަމާލުކަމާއި އެފަދަ އިދާރާއެއް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހުރުމުގެ މުހިންމުކަން ފާހަގަކުރުމުގެ މަޤްޞަދުގައެވެ.

Alhugandu hushahelhi, farah araa kan'du ulhan'dhufaharu funkurumuge amalee masaikai kuraane idhaaraaeh ufedhdhumaabehey qaraaru MDP ge majority oveme majilis in miadhu beyrukohlumakee, odiverin moonugai jehi thafaaleh kamah alhugandu dheken. @ibusolih @MohamedNasheed https://t.co/Dayk9GRmpV pic.twitter.com/9e9UnnFhvN

ނާޒިމްގެ ގަރާރުގައި ވަނީ އެފަދަ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށްގެނައުމަށާއި، އެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!