މަސްވެރިކަމާއި ގުޅޭ

Randhi20

8 އަހަރުގެ މަރާމާތަށްފަހު މިފްކޯގެ ރަންދި-20 މަސްގަންނަން ފަށައިފި

8 އަހަރުގެ މަރާމާތަށްފަހު މިފްކޯގެ ރަންދި-20 އެކުންފުނީގެ މަސްގަތުމުގެ އޮޕަރޭޝަނަށް ނެރެފިއެވެ.

މިފްކޯއިން ބުނީ 38 ޓަނުގެ މި ބޯޓު މިއަދު މަސްގަންނަން ފަށާފައިވާކަމަށާއި މީގެސަބަބުން އުތުރުގައި މަސްކިރުވުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެކަމަށެވެ.

ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވިތާ މަހެއްހާ ދުވަސްވާން ގާތްވެފައިވާއިރު މަސް ކިރުމުގައި ބޮޑެތި ގޮންޖެހުންތަކެއް މަސްވެރިންނަށް ދަނީ ކުރިމަތިވަމުންނެވެ. މިގޮތުން އުތުރުގައި އޮންނަ ހަމައެކަނި މަސްކިރާ ރަށް ކަމަށްވާ ފެލިވަރަށް މަސްކިރަނީ ނަމްބަރު ދޫކޮށްގެން ކިޔު ތަރުތީބުންނެވެ. ނަމްބަރު ނަގައިގެން މަސްކިރަން 5 ވަރަކަށް ދުވަހު ކިޔުގަ ތިބެންޖެހޭކަމަށް މަސްވެރިން ބުނެއެވެ.

އުތުރުގައި މަސްކިރުވުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މިފްކޯއިން އަންނަނީ އެކުންފުނީގެ ގިނަ ބޯޓުތައް ފެލިވަރު ބަނދަރަށް ފޮނުވައިގެން މަސް ގަންނަމުންނެވެ. މިގޮތުން މިފްކޯގެ މަސްގަންނަ އެންމެ ބޮޑު 2 ބޯޓުވެސް ހަރަކާތްތެރިވަނީ ފެލިވަރު ބަނދަރުގައެވެ. ނަމަވެސް ފެލިވަރުގައި މަސް ރައްކާކުރެވޭނެ ޖާގަނެތުމުގެ ސަބަބުން މި ބޯޓުފަހަރު މަސް ހުސްކުރަން ދާންޖެހެނީ އެތައް މޭލެއް ދުރުގައިވާ ކޫއްޑޫއަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!