މަސްވެރިކަމާއި ގުޅޭ

breaking

ހޮރައިޒަން އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

ހޮރައިޒަން އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މަސްވެރިންނަށް އެކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 7 ރުފިޔާ 29 ލާރިއަށް ކަމަށެވެ. މިއީ ލީޓަރަކުން 19 ލާރީގެ ބޮޑުވުމެކެވެ. މީގެކުރިން އެކުންފުނިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކީ 7 ރުފިޔާ 10 ލާރިއަށެވެ. މީގެއިތުރުން މަސްވެރިން ނޫން ފަރާތްތަކަށް ޑީސަލް ލީޓަރެއް މިއަދުން ފެށިގެން އެކުންފުނިން ވިއްކާނީ 13 ރުފިޔާ 19 ލާރިއަށެވެ. މީގެކުރިން ވިއްކީ 13 ރުފިޔާއަށެވެ.

މިފްކޯއިން ވެސް ވަނީ އެކުންފުނިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު މީގެ 2 ދުވަސްކުރިން ބޮޑުކޮށްފިއެވެ.

މިފްކޯއިން މަސްވެނިންނަށް ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 7 ރުފިޔާ 17 ލާރިއަށެވެ. އަދި ފަހި ހަކަތަ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދޯނިފަހަރަށް ޑީސަލް ލިޓަރެއް މިފްކޯއިން ވިއްކާނީ 6 ރުފިޔާ 92 ލާރިއަށެވެ.

އަދި މަސްވެރިން ނޫން ފަރާތްތަކަށް މިފްކޯއިން ޑީސަލް ލިޓަރެއް ވިއްކާނީ 13 ރުފިޔާއަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!