މަސްވެރިކަމާއި ގުޅޭ

އައްސާމް ސްޓޭޓުގައި މަސް އާލާ ކުރުމުގެ މަސައްކަތް ބަޔަކު ކުރަނީ
އައްސާމް ސްޓޭޓުގައި މަސް އާލާ ކުރުމުގެ މަސައްކަތް ބަޔަކު ކުރަނީ

އިންޑިއާގެ އައްސާމް ސްޓޭޓުގައި މަސް އާލާ ކުރާ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ

އިންޑިއާގެ އައްސާމް ސްޓޭޓުގައި މަސް އާލާ ކުރާ މިންވަރު މީގެ ހަތަރު އަހަރު ކުރިއާ އަޅާ ބަލާއިރު މިހާރު 27 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ ސްޓޭޓުން ހާމަކޮށްފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2015 އިން 2016 އަށް އެ ސްޓޭޓުގައި މަސް އާލާކޮށްފައިވާ މިންވަރަކީ 2.9 ލައްކަ މެޓްރިކް ޓަނެވެ. އަދި 2019 އިން 2020އަށް އެ ސްޓޭޓުގައި މަސް އާލާކުރާ މިންވަރުވަނީ 3.7 ލައްކަ މެޓްރިކް ޓަނަށް އިތުރުވެފައެވެ.

މިއާއެކު އެ ސްޓޭޓަށްވަނީ ފަރުބަދަ މަތީ ސްޓޭޓުތަކުގެ ތެރެއިން މަސް އާލާ ކުރުމުގެ މަސައްކަތް އެންމެ ރަނގަޅު ސްޓޭޓަށްވެފައެވެ.

މި ލަޤަބު އެ ސްޓޭޓަށް ލިބުމާއި ގުޅިގެން ސްޓޭޓު ފިޝަރީ އެންޑް ފޮރެސްޓު މިނިސްޓަރ ޕްރިމަލް ސުކްލަބައިދުޔާ ވިދާޅުވީ އައްސާމް ސްޓޭޓަށް އެހެން ސްޓޭޓުތަކުން މަސް އެތެރެކުރަން ނުޖެހޭ މިންވަރާ ގާތަށް އެ ސްޓޭޓުގައި މަސް އާލާ ކުރާ ކަމަށެވެ. އަދި ކޯވިޑާއި ގުޅިގެން އިންޑިއާ ފުރަބަންދަށް ގޮސްފައިވާ ދަނޑިވަޅުގައިވެސް އެ ސްޓޭޓުގައި ފުޅާ ދާއިރާއެއްގައި މަސް އާލާ ކުރުމުގެ މަސައްކަތްކުރަމުން ދިޔުމުގެ ފައިދާ ލިބިގެންދިޔަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޯވިޑާއި އެކު މަހުގެ ވިޔަފާރިވެސްވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. އެގޮތުން މިވީ މުއްދަތުގައި 24.9 މިލިއަން ރުފިޔާގެ މަސް ވިއްކާފައިވާ ކަމަށާއި މިއާއެކު މި ވިޔަފާރިކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއެއް މި މަސައްކަތުން ލިބޭ ކަމަށް ކަމާއި ބެހޭ އޮފިޝަލުން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!