މަސްވެރިކަމާއި ގުޅޭ

ރަތް މަހެއް
ރަތް މަހެއް

80 އަހަރު ވެފަައިވާ ރަތްމަހެއް ފެނިއްޖެ

ރަތްމަހަކީ އުމުރު ދިގު މަހެއްކަން ސައިންސްވެރިން މީގެކުރިން ކުރިއަށްގެންގޮސްފައިވާ ދިރާސާތަކުންވަނީ އެނގިފައެވެ. އެހެން ނަމަވެސް އޭރު އެންމެ ގިނަ ދުވަސްވެފައިވާ ރަތްމަހަކަށް ފެނިފައިވަނީ 60 އަހަރުގެ މަހެކެވެ.

މިހާރު ސައިންސްވެރިންވަނީ 80 އަހަރުވެފައިވާ ރަތްމަހެއް ހޯދާފައެވެ. މިއާ އެކު މިމަހަކީ އަދި ރަތްމަހުގެ އާއިލާގެ އެހެން ބާވަތްތަކުގެ މަހަކީވެސް ކުރިން ހީކުރިވަރަށްވުރެ ގިނަ އަހަރުވަންދެން ދުނިޔޭގައި އުޅޭ މަހެއްކަން މިވަނީ އެނގިފައެވެ.

އެގޮތުން 'ކޮރަލް ރީފްސް' ޖަރނަލްގައި ޝާޢިރުކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން މިފަހުން ހޯދުނު ހޯދުންތަކުން ގިނަ ކަންތައްތައްވަނީ ސައިންވެރިންނަށް އެނގިގެންގޮސްފައެވެ. އަދި މީގައި ސައިންސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއްވެސް އެބަހުއްޓެވެ.

ރަތް މަހާއި އަދި ރަތްމަހުގެ އާއިލާގެ އެހެން ބާވަތްތަކުގެ މަސްތަކަކީ އާއްމުކޮށް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މަޤްބޫލް މަހުގެ ބާވަތެކެވެ. މިއާއެކު މި ބާވަތުގެ މަސް ބެލެހެއްޓުމެއް ނެތި ބާނަމުން ދިޔުމާއި، ޤަވާއިދާ ޙިލާފަތް މި ބާވަތުގެ މަސް ބޭނުންވަނީ އާއްމުވެފައެވެ.

ރަތްމަހުގެ އުމުރު ކުރިން ހީކުރިވަރަށްވުރެ ދިގުވުމުން ސައިންވެރިންގެ ކަންބޮޑުވުމަކީ އުމުރު ދިގު މަސްތަކަކީ ދިރިއުޅެންޖެހޭ ހާލަތަކަށް ބަލާ ދަރިން ހޯދުން މަދު ކުރާ މަހެކެވެ. އެހެން ކަމުން މިއާއެކު އެ ބާވަތުގެ މަހުގެ އާބާދީއަށް ބޮޑު އަސަރެއް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!