މަސްވެރިކަމާއި ގުޅޭ

ހިކަނދިތުން މިޔަރު - ފޮޓޯ: ފިޝްބޭސް

ހިކަނދިތުން މިޔަރު

ހިކަނދިތުން މިޔަރަކީ އިސްކޮޅުން ކުޑަ، ހިމަތޮޅި މިޔަރެކެވެ.

މިއީ ހޫނުކަނޑުތަކުގައިއުޅޭ މިޔަރެއްކަމުން ރާއްޖޭގެ ކަނޑުތަކުގައި މިބާވަތުގެ މިޔަރު ގިނަ ޢަދަދަކަށް އުޅެއެވެ. މިއީ ތިލަފަޅުމަތީގައްޔާއި ފެނުގައިވެސް އުޅޭ މިޔަރެއްކަމުން ދިވެހި މަސްވެރިންނަށް މިބާވަތުގެ މިޔަރު ފެންނަލެއް މަދެއްނޫނެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއްނޫނެވެ. މިބާވަތުގެ މިޔަރު އަތޮޅުންބޭރު މާކަނޑުތަކުގައްޔާއި އެތެރެވަރީގެ ކަނޑުތަކުގައިވެސް އުޅެއެވެ. ޢާއްމުގޮތެއްގައި އުޅޭ ފުންމިނަކީ 7 މީޓަރާއި މީޓަރާ ދެމެދެވެ.

މިމިޔަރުގެ ތުން ހިމަވާނެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ފުރަތަމަ އުރަހަ ކުޑަވެފައި އުރަހައިގެ ކޮޅު ވަށްވާނެއެވެ. މިޔަރުގެ ނިސްބަތުގައި ކަންފަތް ކުޑަވާނެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުއަޅިކުލައެކެވެ. ބަނޑުދަށްފަރާތް ހުންނަނީ ފަނޑު ހުދުކުލައެއްގައެވެ. އުރަހަތަކުގެ ކައިރިފަށްވެސް ހުންނަނީ ފަނޑު ހުދުކުލައެއްގައެވެ. މިމިޔަރުގެ ކާނާއަކީ ، ކުދިމަހާއި، ކަކުނިފާޑުގެ ސޫތްޕެވެ. މިއީ ގާތްގަޑަކަށް 95 ސެންޓިމީޓަރަށް ބޮޑުވާ މިޔަރެކެވެ. މިބާވަތުގެ މިޔަރު ޖިންސީގޮތުން ބޮޑުވާކަމަށްވަނީ 62 ސެންޓިމީޓަރާއި 91 ސެންޓިމީޓަރާ ދެމެދުގައެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެފަހަރަކު 2 އާއި 4 އާ ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Sliteye shark

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!