މަސްވެރިކަމާއި ގުޅޭ

breaking

ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރުގަދަވަމުން: މެޓް އޮފީސް

ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރުގަދަވަމުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށާއި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ "ބުރެވި" ޠޫފާން މިހާރު ސްރީ ލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެ ޤައުމަށް އަރާފައިވާކަމަށެވެ. އަދި މި ޠޫފާން ހުޅަނގުއުތުރަށް ދަތުރުކޮށް، މާދަމާ ހެނދުނު ކޮމޮރިން ސަރަޙައްދު ތެރެއަށްދާނެކަމަށް ލަފާކުރެވޭކަމަށެވެ.
އެހެންކަމުން ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެކަމަށް އެ އިދާރާއިން ބުނެއެވެ. އެހެންކަމުން ބައެއް ރަށްރަށަށް އުދައެރުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ޠޫފާން "ބުރެވި" އަދި ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މިއަދުން ފެށިގެން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!