މަސްވެރިކަމާއި ގުޅޭ

Masverin

މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ހިންގާ ހަރަކާތްތަށް މަސްވެރިން އެމްވީއާ ޚިއްސާ ކުރައްވާ!

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ ހަރަކާތްތައް ކުރިއަށްދާނެކަން ޔަޤީނެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ޚަރަކާތްތައް މަސްވެރިން އެމްވީއާ ޚިއްޞާކުރުމުން އަޅުގަނޑުމެން ޚަބަރުގެ ގޮތުގައި އެހަރަކާތްތައް ގެނެސްދޭނަމެވެ. އަދި ރަށްރަށުގައި ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު އަޅުގަނޑުމެންނާ ޚިއްޞާ ކުރުމުން އެ އިވެންޓްތައް ކަވަރު ކުރާނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ޚިއްސާކުރެއްވުމަށް މަސްވެރިން އެމްވީގެ ހޮޓްލައިން ނަމްބަރު 7787161 އާ ގުޅުއްވުން އެދެމެވެ. އަދި ފޮޓޯއާއި ވީޑިއޯ، ވައިބަރ، ވަޓްސްއަޕް އަދި ޓެލެގްރާމް މެދުވެރިކޮށް ފޮނުވޭނެއެވެ. ނުވަތަ މަސްވެރިން އެމްވީގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެންވެސް މަޢުލޫމާތު ޚިއްޞާ ކުރެވޭނެއެވެ.

މި ނޫސް ހިންގަންފެށިތާ މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި މަސްވެރިންނާއި، މަސްވެރިއާއިލާތަކުން ލިބެމުންދާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ދިވެހި މަސްވެރިންގެ އަޑު އިއްވުމުގައި އަޅުގަނޑުމެން ސާބިތުވެ ދެމިތިބޭނެ ވާހަކަ މިފުރުޞަތުގައި ދަންނަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!