މަސްވެރިކަމާއި ގުޅޭ

Naifaru

ދޮށީގެ މަސްވެރިކަން ތަޖުރިބާކޮށްލަން ނައިފަރު އަންހެނުން މަހަށް ފުރައިފި

ދޮށީގެ މަސްވެރިކަން ތަޖުރިބާކޮށްލުމުގެ ގޮތުން ނައިފަރު އަންހެނުން މަހަށް ފުރައިފިއެވެ.

މި ހަރަކާތަކީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ފިޝަމެން އެސޯސިއޭޝަން އޮފް ނައިފަރު"އާއި ނައިފަރު ކައުންސިލް ގުޅިގެން ބާއްވާ ޚާއްޞަ ހަރަކާތެއްކަމަށް ފިޝަމަން އެސޭސިއޭޝަން އޮފް ނައިފަރުން ބުނެއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން ފިޝަމެން އެސޯސިއޭޝަން އޮފް ނައިފަރުގެ ރައީސް ފަރުހާދު މުޙައްމަދު ވިދާޅުވީ، ޒަމާނީ ދޮށީގެ މަސްވެރިކަން ތަޖުރިބާ ކޮށްލުމުގެ ގޮތުން ނައިފަރުން 6 ދޯނީގައި 80 އަންހެނުން މިއަދު މަހަށް ފުރާފައިވާ ކަމަށެވެ.

ދޯނިފަހަރު ފުރުމަށް ބޭއްވި ރަސްމިއްޔާތު ނައިފަރު ބަނދަރު ސަރަހައްދުގައި ވަނީ ވަރަށް ކުލަގަދަކޮށް ބާއްވާފައެވެ.

މި ދަތުރުގައި ދޯނިފަހަރުގައި މަސްވެރިން މަހަށް ދިޔަނަމަވެސް އަމަލީގޮތުން ހުރިހާ ކަމެއްގައި އުޅޭނީ އަންހެނުންކަމަށް ފަރުހާދު ވިދާޅުވިއެވެ.

ދޯނިފަހަރު މަހުން އައުމުން އެންމެ ބަރުމަސް ބޭނި 3 މީހުން ހޮވާ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!