މަސްވެރިކަމާއި ގުޅޭ

ސުނާމީއަށްފަހު ގެއްލުނު މަސް ދޯނި ފެންނު އިރު އޮތް ހާލަތު
ސުނާމީއަށްފަހު ގެއްލުނު މަސް ދޯނި ފެންނު އިރު އޮތް ހާލަތު

ޖަޕާނަށް އެރި ސުނާމީއެއްގައި ގެއްލުނު މަސް ދޯންޏެއް، 10 އަހަރުފަހުން ފެނިއްޖެ

2011 ވަނަ އަހަރު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު އެޤައުމަށް އެރި ސުނާމީގައި ގެއްލުނު މަސް ދޯންޏެއް، 10 އަހަރުފަހުން ފެނިއްޖެއެވެ.

ސައިޒުގެ ގޮތުން ކުޑަ މި މަސް ދޯނި، ގެއްލިފައިވަނީ ޖަޕާނުގެ މިޔާގީ ޕްރިފެކްޗަރއިންނެވެ. އަދި 10 އަހަރަށްފަހު މި ދޯނި ފެނިފައިވަނީ ޗަޕާންގެ ވެރިރަށް ޓޯކިއޯ ކައިރީގައި އޮންނަ ހަޗީޖޯ އައިލެންޑު ކައިރިންނެވެ.

މިއީ އޭރު ގެއްލުނު މަސް ދޯންޏެއްކަން ދެނެގަނެވިފައިވަނީ ދޯނީގެ ރަޖިސްޓްރޭޝަން ނަމްބަރު ބޭނުންކޮށްގެންނެވެ. އެގޮތުން ޓޯކިއޯގެ ފިޝަރީޒް ކޯރޕަރޭޓިވްއިންވަނީ މިއީ ދެކުނުއިރުމަތީ ޗަޕާންގެ ސިޓީއެއް ކަމަށްވާ ކެސެންނުމާގެ މިޔާގީ ޕްރިފެކްޗަގެ ފިޝަރީޒް ކޯރޕަރޭޓިވްގެ މަސް ދޯންޏެއްކަން ޔަޤީންކޮށްފައެވެ.

މިހާ ގިނަ ދުވަހު ކަނޑުމަތީގައި ބެހިގެން އޮޔާގޮސްފައިވުމުން ދޯނީގައިވަނީ ގިނަ އަދަދަކަށް ފެހި ޖަހާ މުރަކަ ހެދިފައެވެ. 5.5 މީޓަރުގެ މި މަސް ދޯންޏަކީ ފައިބަރުން ބަނދެފައިވާ ދޯންޏެކެވެ.

މޫދުގެ އޮއިވަރުތަކާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރާ ފަރާތުން ހާމަކުރާގޮތުގައި މި ދޯނި ބެހިގެންގޮސް ޔޫ.އެސްގެ ހުޅަނގު އައްސޭރިއަށް ދިޔުމަށްފަހު، ނޯތު އިކުއެޓޯރިއަލް އޮއިވަރާ އެކު ދެކުނު އިރުމަތީ އޭޝިއާއަށް އައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!