މަސްވެރިކަމާއި ގުޅޭ

Copy-of-959216-01-08-1574145557727_16e826304e1_original-ratio

ޔޫއޭއީގެ މަސްވެރިކަމުގެ ސިނާއަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް!

ޔުނައިޓަޑު އަރަބް އެމިރޭޓްސް، ޔޫ.އޭ.އީގެ ދުބާއީ ސިޓީގައި މަސްވެރިކަމުގެ ސިނާއަތުގައި 401 ކުންފުނި ހަރަކާތްތެރިވާކަމަށް އެޤައުމުގެ ބިޒްނަސް ރެޖިސްޓްރޭޝަން އެންޑު ލައިސެންސިންގ ސެކްޓަރއިން ހާމަކޮށްފިއެވެ.

މީގެން ދައްކައިދެނީ އެޤައުމުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވާ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ދޭ އަހައްމިޔަތުކަމަށް އެޤައުމުން ދެކެއެވެ.

ދުބާއީގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތައް މައިގަނޑުގޮތެއްގައި ކުރާ މަސައްކަތްތަކުގެތެރޭގައި، މަސްވެރިކަން، މޫދުގައި ކޮށި ޖަހައިގެން މަސް އާލާކުރުން، އެއްގަމުގައި މަސް އާލާ ކުރުން، އިތާމުތް އާލާކުރުން، މަސް ދަޅުގައި ބަންދުކުރުން، މަސް އަދި ސީ ފުޑު ގަނޑުކުރުން ހިމެނެއެވެ.

ޔޫ.އޭ.އީއިން ދަނީ ކޮށީގައި އެކި ބާވަތްތަކުގެ މަސްތައް އާލާކުރުމުގެ ބޮޑެތި މަޝްރޫޢުތައްވެސް ހިންގަމުންނެވެ. އެގޮތުން މިއަހަރުތެރޭ ޖޫންމަހުގެތެރޭ އެޤައުމުންވަނީ ނެޝަނަލް އެކުއާކަލްޗަރ ރޯޑުމެޕެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.

ޔޫއޭއީ ކުރަމުންދާ މަސައްކަތްތަށް ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. 2017ވަނަ އަހަރު ޔޫއޭއީގެ އެކުއާކަލްޗަރތަކުގައި އާލާ ކޮށްފައިވާ މަހުގެ ބާވަތްތައްވަނީ 3.2 ޓަނަށް އަރާފައެވެ. މީގެ ފަސް އަހަރު ކުރިން މި އަދަދު ހުރީ 500 ޓަނުގައެވެ.

އެޤައުމުން މި މަޝްރޫޢުތައް ހިންގުމަށް ބޮޑެތި ޙަރަދުތަކެއްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޔޫއޭއީގެ މިނިސްޓްރ އޮފް ސްޓޭޓް ފޮރ ފުޑް ސެކިއުރިޓީ މަރިއަމް ބިންތު މުޙައްމަދު ސައީދު ވިދާޅުވީ ފާއިތުވީ ދެއަހަރުދުވަހުގެ ތެރޭ އެޤައުމުން މިމަސައްކަތްތަކަށް 54 މިލިއަން ޑޮލަރު ޙަރަދުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!