މަސްވެރިކަމާއި ގުޅޭ

ޗައިނާގެ މަސް ބޯޓުތަކެއް
ޗައިނާގެ މަސް ބޯޓުތަކެއް

މަސް އާލާ ކުރުމުގެ ބިޔަ މަޝްރޫޢެއް ޗައިނާއިން ފަށަނީ

އަކުއާ ކަލްޗަރއަށް ޙާއްސަ 50 ބޯޓު ބަނުމަށް ޗައިނާއިން ނިންމާއިފިއެވެ. މީގެން ކޮންމެ ބޯޓެއްގައި އަހަރެއްގެ ތެރޭ 200،000 ޓަނުގެ މަސް އާލާ ކުރެވޭނެއެވެ.

މިހާރު މި ބޯޓުތައް ބަނުމުގެ މަސައްކަތް ޗައިނާއިންވަނީ ފަށާފައެވެ. މި މަޝްރޫޢަށް ޙަރަދު ކުރަނީ އެޤައުމުގެ ސަރުކާރުގެ ހިއްސާއޮންނަ ޗިންޑާއޯ ކޮންސޮން ޑިވެލޮޕްމަންޓު ގުރޫޕްގެ ފަރާތުންނެވެ.

މި ބޯޓުތައް މަސް އާލާކުރުމުގެ މަސައްކަތްތައް ކުރާނީ އެއިރެއްގައި މޫސުން އެންމެ ރަނގަޅު ހިސާބުތަކަށް ދަތުރުކޮށްގެންނެވެ. އެގޮތުން ޗައިނާގެ ޔެލޯ ސީ އާއި އީސްޓް ޗައިނާ ސީ އަދި ސައުތު ޗައިނާ ސީގައި މަސް އާލާކުރުމުގެ މަސައްކަތް މި ބޯޓުތަކުން ކުރާނެއެވެ.

ދިގު މިނުގައި 249.9 މީޓަރު އަދި ފުޅާ މިނުގައި 45 މީޓަރު ހުންނަ މި ބޯޓުތައް 2022ވަނަ އަހަރުތެރޭ ބަދެ ނިމެނޭ ކަމަށް ލަފާކުރެއެވެ. މި ބޯޓުތަކުގައި ހުންނަ 15 ޓޭންކުން 80،000 ކިއުބިކް މީޓަރުގެ އެކުއާ ކަލްޗާ ފެން އުފައްދާނެއެވެ. އަދި ބޯޓުގައި ޤާއިމްކޮށްފައިވާ އެކްސްޗޭންޖު  ސިސްޓަމްތަކުގެ އެހީގައި ކަނޑުގެ ފެންތައް ފަސޭހަ ކަމާއި އެކު ބަދަލުކޮށްލަދެއެވެ.

މި ބޯޓޫތައް ފަރުމާ ކުރުމުގެ މަސައްކަތްކޮށްފައިވަނީ ޗިންޑާއޯ ކޮންސޮލް ޑިވެލޮޕްމަންޓު ގުރޫޕާއި ޗައިނާ ސްޓޭޓު ޝިފް ބިލްޑިންގ ކޯރޕަރޭޝަން ގުޅިގެނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!