މަސްވެރިކަމާއި ގުޅޭ

Thailand Exchanger

ތައިލެންޑް ބާޒާރުގައި މަހުގެ އަގު ދަަށަށްދަނީ

ހުޅަނގު ޕެސިފިކްގައި މަސްވެރިކަން ރަގަޅުވުމުގެ ސަބަބުން ތައިލެންޑް ބާޒާރުގައި މަހުގެ އަގު ދަށްވެއްޖެއެވެ.

މިދިޔައަހަރު ނިމުނިއިރު، ގަނޑުކުރި މަސްޓަނެއްގެ އަގު 1400 ޑޮލަރަށް ހުރިއިރު، މި ޖެނުއަރީ މަހު މަސް ޓަނެއްގެ އަގުވަނީ 1300 ޑޮލަރަށް ވެއްޓިފައެވެ. އަދި ފެބްރުއަރީ މަހު ގަނޑުކުރި މަސްޓަނެއްގެ އަގު 1200 ޑޮލަރަށް ދަށަށްދާނެކަމަށް އެމެރިކާގެ އަދި ޔޫރަޕްގެ ވިޔަފާރިތަކާއި ހަވަލާދީ ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އޭގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ތައިލެންޑްގެ ކެޕޭސިޓީދަށްވެ، އެގައުމަށް އެތެރެކުރާ މަސްތައް "އަންލޯޑް" ކުރުން ލަސްވުމަކީވެސް މަހުގެ އަގަށް ބަދަލު އައި ސަބަބެއްކަމަށް ވިޔަފާރިވެރިން ފާހަނގަ ކުރެއެވެ.

ދިވެހިރާއްޖޭގައި ބާނާ ކަނޑުމަހުގެ ބޮޑު ބައެއް ވިއްކަނީ ގަނޑުކުރި މަހުގެ ގޮތުގައި ތައިލެންޑަށެވެ. ގަނޑުކުރި ކަނޑުމަސް އެންމެ ގިނައިން ބޭރުކުރާ މިފްކޯއިން މަސްޓަނެއް ގަންނަނީ 16000 ރުފިޔާއަށެވެ. އެއީ1037.6 ޑޮލަރެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!