މަސްވެރިކަމާއި ގުޅޭ

Roalhi

ގދ. ގައްދޫ "ރޯޅި"

ގދ. ގައްދޫގައި ދުއްވާ ރޯޅިއަކީ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ކަނޑުމަހުގެ މަސްވެރިކަންކުރާ ދޯންޏެކެވެ. 20 ޓަނުމަސް އެއްފަހަރާ ފިނިކޮށްލެވޭ، ލޮނުފެނުން މަސްފިނިކުރާ ނިޒާމެއް ގާއިމުކޮށްފައި ހުރެއެވެ. އައިންމަތީ ދޫނިތައް ހޯދުމަށް ރާޑަރު ހަރުކޮށްފައި ހުރެއެވެ. އަދި މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން ވަސީލަތްތައްވެސް މި ދޯނީގައި ގާއިމްކޮށްފައި ހުރެއެވެ.

ފާއިތުވި 4 އަހަރު "ރޯޅި" ދޯނި ދުއްވަނީ ގައްދޫގައެވެ. މަސްވެރިކަމަށް ނުކުތްފަހުން އެއްދުވަހުން އެންމެ ގިނައިން "ރޯޅި" ދޯނި ބާނާފައިވަނީ 34.6 ޓަނު މަހެވެ.

ގދ. ގައްދޫގައި "ރޯޅި" ދޯނި ދުއްވަނީ ހިތިމާގެ، ފަތުހުﷲ އުސްމާން އެވެ. މިވަގުތު 22 ފަޅުވެރިން މަހަށްދެއެވެ. ފަތުހުﷲ މި ދޯނި ދުއްވަން ފެއްޓިފަހުން އެންމެ ގިނައިން ބާނާފައިވަނީ 33.8 ޓަނުމަހެވެ.

 

 

ގުޅުންހުރި ލިޔުންތައް