މަސްވެރިކަމާއި ގުޅޭ

GL_w2YuboAA0T-t

ކަނދުފަތި ކަނޑައިގެން ނުގޮސް ގިނަ ދުވަހު އޮންނާނެ ގޮތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން : ޝިޔާމު

މިހާރަށްވުރެ ގިނަ ދުވަހު ކަނދުފަތި ކަނޑައިގެން ނުގޮސް އޮންނާނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކަމާއި ގުޅޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިހެން ވިދާޅުވެފައިވަނީ މިއަދު މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ހުޅުމާލޭގައި ހުންނަ ކަނދުފަތިތައް ހެދުމުގެ މަސައްކަތްކުރާ ސެންޓަރަށް ކުރި ޒިޔާރަތާއި ގުޅޭގޮތުން ހިއްސާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެގޮތުން މި ޕޯސްޓުގައި ބުނެފައިވަނީ ވަޒީރު ޝިޔާމު އެ ސެންޓަރަށް ޒިޔާރަތްކުރައްވާ މުވައްޒަފުންނާއި  ބައްދަލުކުރައްވާ ކަނދުފަތިތައް ތައްޔާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވަނީ ޝުކުރު އަދާކޮށްފައިކަމަށެވެ.

އަދި ބައްދަލުވުމުގައި ވަޒީރުވަނީ ކުރިމަގުގައި ކަނދުފަތިތައް މިހާރަށްވުރެ ގިނަ ދުވަހު ކަނޑައިގެން ނުގޮސް އޮންނާނެ ގޮތަކާއި ގުޅޭގޮތުން ކަމާއިގުޅޭ ފަރާތްތަކާއި އެކު މަސައްކަތްތައް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ކަނދުފަތި ވިއުގައިގައި އޮއިވާލި މަސްކަނދާއި ވަދުކަނދު ހިމެނެއެވެ. ވަދު ކަނދުފަތިތަކާއެކު ރާއްޖޭގައި މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް މުޅިން އައު ފުރުޞަތުތަކެއް ހުޅުވި މިމަސައްކަތުގައި ޙަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރެއް ހުޅުވިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަޤީންކަން އިތުރު ވެގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ. މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.