މަސްވެރިކަމާއި ގުޅޭ

438799468_18453669010054997_3478519136455245864_n

ރެކޯޑު ސައިޒެއްގެ ނޫ އުރަހަ ކަންނެއްޏެއް ބާނައިފި

އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި 403 ކިލޯގެ ނޫ އުރަހަ ކަންނެއްޏެއް ބާނައިފިއެވެ. މިއީ އެ ސްޓޭޓުގައި މިހާތަނަށް ބާނާފައިވާ އެންމެ ބަރު ނޫ އުރަހަ ކަންނެލިއެވެ.

ފްލެޓު ޑޭންޖަރަސް ނަމަކަށް ކިޔާ ބޯޓަކުން ބޭނި މި ނޫ އުރަހަ ކަންނެލި އެއްގަމަށް އެރުވުމަށްޓަކައި ޑެސްޓިން ސިޓީގެ އެހިސާބުގައި އުޅޭ ހުރިހާ ފަރާތްތަކުން ވަނީ އެހީތެރިވެފައެވެ. މި ނޫ އުރަހަ ކަންނެލި ބޭނުމުގައި ގިނަ ބަޔަކު އެހީތެރިވެފައިވާތީ ރަސްމީކޮށް މިއީ ސްޓޭޓު ރެކޯޑެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

ރަސްމީކޮށް ސްޓޭޓު ރެކޯޑެއްގެގޮތުގައި ނުބެލެވުނު ނަމަވެސް މި ސައިޒުގެ ނޫ އުރަހަ ކަންނެއްޏެއް އެ ސަރަހައްދުގެ މީހުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފާވެރިކަމެކެވެ.

ބޯޓުގެ ކެޕްޓަން ބުނީ އެ ސައިޒުގެ ގިނަ އަދަދެއްގެ ނޫ އުރަހަ ކަންނެލި ފެނުނު ނަމަވެސް ނަނުގައި ގަނެގެން ބޭނުނީ އެންމެ އެއްޗެއް ކަމަށެވެ. އަދި އެ ސައިޒުގެ ކަންނެއްޏެއް ބޭނުންވީ ދަތި ކަމަކަށް ކަމަށްވެސް ކެޕްޓަން ބުންޏެވެ.

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.