މަސްވެރިކަމާއި ގުޅޭ

210210-minnesota-anglers-rescue-se-1026a_0d812e9a5bca3bb478698d1c5f7892be.fit-1120w

ގަނޑުފެންތަކަކާއި ހެދި ދަތުރުނުކުރެވި ތާށިވި އެމެރިކާގެ މަސްވެރިންތަކެއް ސަލާމަތްކޮށްފި 

އެމެރިކާގެ މިނެސޯޑާގައި މަހަށް ނިކުމެ އުޅުނު މަސްވެރިންތަކަކަށް ގަނޑުފެންތަކާއި ހެދި ދަތުރު ނުކުރެވިގެން އެހީއަށް އެދުމުން ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުގެ މަސައްކަތުން ހުރިހާ މަސްވެރިން ސަލާމަތްކޮށްފިއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި26 މަސްވެރިޔަކު ވަނީ ގަނޑުފެންތަކުގެ ސަބަބުން އެމީހުންގެ މަސްބޯޓަށް ދަތުރު ނުކުރެވިގެން އެހީތެރިކަމަށް އެދިފައެވެ. އެމީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ތިން މަސްވެރިޔަކު ވަރަށް ފަސޭހައިން ސަލާމަތް ކުރެވުނު ނަމަވެސް ބާކީ ތިބި މަސްވެރިން ސަލާމަތް ކުރަން ގިނަ ވަގުތުތަކެއް ހޭދަވިއެވެ.

ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން ބުނާގޮތުގައި ގިނަ މަސްވެރިން ސަލާމަތް ކުރުމުގައި ދަތިތައް ކުރިމަތީ ވައި ގަދަވުމުގެ ސަބަބުން މަސްވެރިން ތިބި ސަރަހައްދަށް ނުދެވިގެންނެވެ. އެމީހުން ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިން އޮފިސަރުން އެމީހުންނާއި ހަމައަށް ދިޔައީ އައިސްތައް މަތީގައި ދުވާ އުޅަނދުތަކުގައެވެ.

މަސްވެރިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި އެމެރިކާ ސިފައިން ވެސް ބައިވެރިވިއެވެ.

މިދުވަސްވަރަކީ ހުޅަނގުގެ ގައުމުތަކަށް ފިނި މޫސުން ކަމަށްވާތީ ގަނޑުފެނާއި، ފިނީގެ ސަބަބުން މީހުންނަށް ދަތުރު ނުކުރެވިގެން އިދާރާތަކުގެ އެހީތެރިކަމަށް އެދޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!