މަސްވެރިކަމާއި ގުޅޭ

ރަން ގެރި

ރަންގެރި ނުވަތަ ރަންގެރިމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ގިނައިން ފެންނަ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. ރަންގެރިމަހަކީ ފަތިކޮށް ފުޅާކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ވަރަށް ކުޑައެވެ. ފަރުމަތީގައި ދާ ޖަހައިގެން ކުރާ މަސްވެރިކަމުގައި ރަންގެރި ދަލުގައިޖެހެއެވެ. މިމަސް ޢާއްމުގޮތެއްގައި ފެންނަނީ އެކަހެރިކޮށް އުޅޭތަނެވެ. މަހުގެ ކާނާއަކީ މޫދުފެއްސެވެ. މިމަސް އެންމެ ބޮޑުވަނީ 45 ސެންޓިމީޓަރަށެވެ.

ހަރުކަށްޓާއެކު 27 އާއި 30 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރީގައި ބަނޑުދަށްފަރާތު ކޮތަރީގައި 2 ހަރުކަށްޓާއެކު 28 އާއި 30 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ނިގޫކޮޅުގައި ކޮންމެފަރާތެއްގައި ތޫނުދެކަށިހުރެއެވެ. މަހުގެ ކުލައަކީ އަޅި މުށިކުލައެވެ.
މަހުގެ ތުނބުން ފެށިގެން ނިތްމަތި ހުންނަނީ ކަޅުކުލައިގައެވެ. އަދި މިއާއި ޖެހިގެން ރީނދޫކުލައިގެ ރޮނގެއް ފުޅާކޮށްހުރެއެވެ. މިރޮނގު މަހުގެ އަނގައިގެ ތިރީކައިރިން ފެށިގެން ލޮލުގެ ދަށްފަރާތަށްހުރެއެވެ. މަހުގެ ލޮލުގެމަތި ހުންނަނީ ރީނދޫކުލައިގައެވެ. އަދި ކަރުތާފަތުގެ ތިރި ހުންނަނީވެސް ރީނދޫކުލައިގައެވެ. ނިގޫފަތުގެ ކައިރީގައި މަހުގެ ދެފަރާތުގައި ހުންނަ ކަށިތައް ހުންނަނީ އޮރެންކުލައިގައެވެ. ބުރަކަށިމަތީ ކޮތުރިބައިގެ މަތީބާއި ހުންނަނީ ރީނދޫކުލައިގައެވެ. ތިރީބައި ހުންނަނީ ކަޅުކުލައިގައެވެ. ނިގޫފަތުގެ މަތީކައިރިއާއި ތިރީކައިރި ހުންނަނީ ކަޅުކުލައިގައެވެ.

އިނގިރޭސި ނަން: Orange spine unicornfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!