މަސްވެރިކަމާއި ގުޅޭ

ފީއަލީގެ އޭރިއަލް ޝޮޓެއް، ފޮޓޯ- ޕީއަލީ ފޭސްބުކްޕޭޖް
ފީއަލީގެ އޭރިއަލް ޝޮޓެއް، ފޮޓޯ- ޕީއަލީ ފޭސްބުކްޕޭޖް

ފީއަލި އައިސްޕްލާންޓްގެ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ފ. ފީއަލި އައިސްޕްލާންޓް އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން މިފްކޯއިން އިޢުލާންކޮށްފިއެވެ.

މިފްކޯއިން ބުނީ، ފ.ފީއަލި އައިސްޕްލާންޓްގެ ޢިމާރާތުގެ މަސައްކަތް އެކުންފުނިން ތަކެތި ދިނުމުން މަސައްކަތް ކުރަން ބޭނުންވާ ސާމާނު އަމިއްލައަށް ހޯދައިގެން މަސައްކަތްކުރުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ބިޑު ހުށަހެޅަން ޖެހެނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ، އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި ލިޔުންތައް ހަމައަށް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވާކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  bid@mifco.mv އަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!