މަސްވެރިކަމާއި ގުޅޭ

_121430168_roboticboat

މަހުގެ އާބާދީ ބެލުމުގެ ދިރާސާގައި ރޮބޮޓިކް ބޯޓެއް ބޭނުންކޮށްފި

އުތުރު ކަނޑުގެ ތެޔޮ ނަގާ ޕްލެޓް ފޯމްތައް ސަރަޙައްދުގައި މަސްމަހާ މެހީގެ އާބީދީ ހުރި މިންވަރު ބެލުމުގެ ދިރާސާގައި ރޮބޮޓިކް ބޯޓެއް ބޭނުންކޮށްފިއެވެ.

ސްކޮޑްލޭންޑުގެ، ޔުނިވަރސިޓީ އޮފް އަބަރޑީންއިން ކުރިއަށްގެންދާ، މިދިރާސާގެ ބޭނުމަކީ ތެޔޮ ޕްލެޓްފޯމްތަކުގެ ސަބަބުން ކަނޑުގެ ދިރުމަށް ކުރަމުންދާ އަސަރުތަށް ދެނެގަތުމެވެ.

ރޮބޮޓިކް ބޯޓު ބޭނުންކޮށްގެން ނެގި މައުލޫމާތުތައް މިހާރުވަނީ ދިރާސާގައި ބޭނުންކުރަން ފަށާފައެވެ. ސްކޮޑްލޭންޑުގެ އިރު އުތުރު ކަނޑުގެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ތެޔޮ ޕްލެޓްފޯމްތަކުން މި ރޮބޮޓު ބޭނުންކޮށްގެން ޑޭޓާ އެއްކޮށްފައިވެއެވެ. މަހުގެ އަދަދުތަށް ރޮބަޓު ބަލާފައިވަނީ ސޯނާ ( ސައުންޑު ނެވިގޭޝަން އެންޑު ރޭޖިންގ) ގެ އެހީގައެވެ.

މި ރޮބޮޓިކް ބޯޓުގެ ދިގުމިނަކީ އާދައިގެން ކާރެއްގެ ދިގުމިނެވެ. އެހެން ކަމުން ޕްލެޓުފޯމްތަކާއި ފުދޭވަރަކަށް ކައިރިއަށް މިއަށް ދެވޭނެއެވެ.

މީގެކުރިން ކުރިއަށް ގެންދިޔަ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި މަސްތައް ގިނައިން އުޅެނީ ތެޔޮ ނަގާ ޕްލެޓުފޯމްދަކާއި އެތައް ކިލޯމީޓަރެއް ދުރުގައެވެ. އަދި މިހާރު ކުރިއަށްގެންދާ ދިރާސާއާއި އެކު ގިނަ ހޯދުންތަކެއް ހޯދިގެންދާނެކަމަށް މި ދިރާސާ ކުރިއަށްގެންދާ ފަރާތުން ހާމަކުރެއެވެ.

މި ޕްރޮޖެޓު 2023 ވަނަ އަހަރާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!