މަސްވެރިކަމާއި ގުޅޭ

MIyaru hamalaa

މިޔަރަށް ކާންދޭން އުޅުމުގެތެރޭގައި ފަތުރުވެރިޔަކު ޒަހަމްކޮށްލައިފި

މިޔަރަށް ކާންދޭން އުޅުމުގެތެރޭގައި ފަތުރުވެރިޔަކު ޒަހަމްކޮށްލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ  ވ. އަތޮޅުގެ ރިޒޯޓެއް ކައިރީ އޮންނަ ޑައިވިންގ ޕޮއިންޓެއް ކައިރީގައެވެ. މިޔަރުގެ ހަމަލާގައި އެ ފަތުރުވެރިޔާގެ ކަނާއަތުގެ ތިން އިނގިލި ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ. މަޢުލޫމާތު ލިބިފަައިވާ ގޮތުގައި މި ހަމަލާދީފައިވަނީ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައެވެ. މިހާދިސާގައި އެ ފަތުރުވެރިޔާ އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިވެއެވެ.

މިޔަރަށް ކާންދިނުމަކީ މަނާ ކަމެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ބައެއް ރިސޯޓުތަކާއި ބައެއް އެހެން ތަންތަނުގައި މިޔަރަށް ކާންދިނުން އާންމުވަމުންދާތީ އެއީ މަނާ ކަމެއް ކަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުވެސް ވަނީ ހަނދާންކޮށްދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހުރިހާ ޓޫރިޒަމް ފެސިލިޓިތަކާއި، ސްޓޭކް ހޯލްޑަރުންނަށް ފޮނުވި ސަރކިއުލަރއެއްގައި ބުނެފައިވަނީ ރިކްރިއޭޝަނަލް ޑައިވިންއާ ގުޅޭ ގަވައިދުގައިވާ ގޮތުން ޓޫރިސްޓް ހިދުމަތްދޭ ތަންތަނާއި ޑައިވިން ފެސިލިޓީސްތަކާއި އެކްސްކާޝަންތައް ރާވާ ފަރާތްތަކުން މިޔަރަށް ކާންދިނުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ޓޫރިޒަމް ހަރަކާތްތަކަކީ ގާނޫނާއި ގަވައިދާ އެއްގޮތަށް ރާއްޖޭގެ ތިމާވެއްޓަށާއި ބަޔޯޑައިވާސިޓީ އަށް ގެއްލުން ނުވާނެގޮތަށް ކުރިއަށްގެންދާ ކަންކަމަށް ވާން ޖެހޭނެ ކަމަށްމި ސަރކިއުލާގައި ބުނެފައިވެއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!