މަސްވެރިކަމާއި ގުޅޭ

falhi dhidhoo

ދިއްދޫ ފަޅުތެރެއިން 9 ހާހަށްވުރެ ގިނަ ރާގޮނޑި ހިފައިފި

ހއ. ދިއްދޫ ފަޅަށް ރާގޮނޑި އައިނެއް ވަދެއްޖެއެވެ.

މި ރާގޮނޑި އައިން އެރަށު ފަޅުތެރެއަށްވަނީ ހުޅަނގު ފަރާތުން އަލަށް ހިއްކި ސަރައްދުންނެވެ.

މަސްވެރިން އެމްވީ އާއި ވާހަކަދައްކަވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވީ ރާގޮނޑި އައިނުން ރާގޮނޑި ހިފާފައިވަނީ ދާ ޖަހައިގެންނާއި ފަން ބޭނުންކޮށްގެން މަސް އައިން ބައްދައިގެން ކަމަށެވެ.

"މިއަދު 11 އިން ފެށިގެން މަސް ހިފަން ފެށީ، ދެންމެ މި ނިމުނީ، ވަރަށް ބައިވަރު މީހުން އުޅުނު މިކަމުގައި، ގާތްގަނޑަކަށް 300 މީހުން ވެގެން މި މަސްތަށް މި ހިފީ" އަބްދުުﷲ ރަޝީދު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާާޅުވީ ޖުމްލަ 9054 ރާނގޮޑި ހުފުނު ކަމަށާއި، ރަށުގެ ހުރިހާ ގެއަކަށް މަސް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ފަހުގެ ތާރީޙެއްގައި ދިއްދޫގެ ފަޅުތެރެއަށް މިހާ ގިނަ އަދަދަކަށް ރާނގޮޑި ވައިން މިއީ ފުރަތަމަ ފަހަރެވެެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!