މަސްވެރިކަމާއި ގުޅޭ

252455181_486977695778819_507337296199784909_n

މަސް ދޯންޏެއް ކޮންޓްރޯލް ނުވެ ކޫއްޑޫ ޖެޓީގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މަސް ދޯންޏެއް ކޮންޓްރޯލު ނުވެ ކޫއްޑޫ ޖެޓީއަށް އަރައިފިއެވެ.

މި ހާދިސާގައި  ކޫއްޑޫ ޖެޓީއަށް އަރާފައިވަނީ ގއ. ވިލިނގިލީ ކަރަވައްތާ ދޯންޏެވެ. މި ހާދިސާގައި ދޯންޏަށް އެކިވަރުގެ ގެއްލުން ވަފައިވާކަމަށް ކޫއްޑޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. މިހާދިސާ ހިނގަން މެދުވެރިވީ ދޯނީގެ ގިއަރު ފެއިލްވެގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

"ކެޔޮޅާއި ވާހަކަދައްކާލުން، ކެޔޮޅު ބުނީ ފަޅުތެރެއަށް ވަދެގެން އަންނަނިކޮށް ގިއަރު ކަނޑާލަން މަސައްކަތްކުރީމޭ، ގެއަރު ކަނޑާލާފައި، ފަހަތަށް ހިފީމަ، ދޯނި ދިޔައީ ކުރިއަށް، އެހިސާބުން ރިއަލައިޒްވީ ދޯނީގެ ގިއަރު ނުލިބޭކަން،" ކޫއްޑޫން މަސްވެރިން އެމްބވީއަށް މައުލޫމާތުދިން މީހަކު ބުންޏެވެ.

މިހާދިސާގައި އެއްވެސް މަސްވެރިޔަކަށް ގެއްލުމެއް ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!