މިޔަރެއް ހަަމަލާދިނުމުގެ ސަބަބުން އޮސްޓްރޭލިއާގައި ރާޅާ އަޅަން އުޅުނު މީހަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން މަރުވެއްޖެއެވެ.
ޓޯޑު ޖެންޑަލް ނަމަކަށް ކިޔާ 55 އަހަރުގެ މި މީހާއަށް ހަމަލާދީފައިވަނީ 13 ފޫޓުގެ ބޮޑު މިޔަރެއްް ކަމަށް ޙަބަރުތައް ބުނެއެވެ.
އޭނާ ރާޅާ އަޅަން ގެންގުޅުނު ބޯޑާއި އޭނާ ލައިގެން ހުރި ހެދުމުގެ ބައިތައްވަނީ ފުލުހުންނަށް އެސަރަހައްދުން ފެނިފައެވެ. އަދި އެ އެއްޗެހި އިކުރަށް ތަހުލީލުކޮށް ކަން ހިނގިގޮތް ދެނެގަތުމަށް މަސައްކަތްކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޓޮޑު ރާޅާ އަޅަން ދިޔައީ އެހެން ބަޔަކާއި އެކުއެވެ. އޭނާ އަށް މިޔަރު ހަމަލާދިން ވަގުތު މޫދުގައި އިތުރު 7 މީހުން ތިއްބެވެ. އަދި އޭނާއަށް މިޔަރު ހަމަލާދޭތަން ފެނިގެން އެވަގުތު އެ ސަރަހައްދުގައި ތިބި މީހުންވަނީ އެހީވުމަށް މަސައްކަތްކޮށްފައެވެ.
އެހެންނަމަވެސް މިޔަރުގެ ސައިޒު ބޮޑުކަމުން އެހާބޮޑަށް ކައިރިވާން އެކަކަށްވެސް ނުކެރުނެވެ.
މިފަހުން އޮސްޓްރޭލިއާގައި މިޔަރު ހަމަލާދިނުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. އަދި މިކަމާއި ގުޅިގެން ބީޗުތައް ބެލެހެއްޓުމުގެ މަސައްކަތްވެސް ވަނީ ހަރުދަނާކޮށްފައެވެ.