މަސްވެރިކަމާއި ގުޅޭ

WhatsApp Image 2021-11-27 at 14.51.37 (2)

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ބޯޓުފަހަރުން ދާ އަޅައިގެން މަސްވެރިކަން ކުރާތާ ހަފްތާއެއް، ހުއްޓުވާނެ ފަރާތެއް ނެތް!

ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު ހަރަކާތްތެރިވާ ހަފްތާއެއް ވެފައިވާކަމަށް މަސްވެރިން ބުނެފިއެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން މަސްދޯންޏަކުން ބުނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ހަފްތާގެ ކޮންމެ ދުވަހަކުވެސް ޤަވާއިފާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ބޯޓްފަހަރު ރާއްޖޭ ސަރަހައްދުން ފެނިފައިވާކަމަށާއި އެމީހުން މަސްވެރިކަން ކުރަނީ ދާ އަޅައިގެން ކަމަށެވެ. މި ބޯޓްތައް ފެނުނީ އިހަވަންދޫން ފެށިގެން 25 މޭލާއި 75 މޭލާ ދެމެދުން ކަމަށް މަސްދޯނިން ބުނެއެވެ.

"އަޅުޑަނޑުމެންނަށް ބޯޓް ފަހަރު ފެނުނީމަ އެއާ ގާތްކުރަން. ގާތްކުރީމަވެސް ފިލަން މަސައްކަތެއް ނުކުރޭ. އެމީހުންގެ އެއްވެސް ހާސްކަމެއް ނެތް. އެމީހުން އެ ކުރާ ކަމެއް ކުރޭ ހުއްޓުމެއްނެތި. އަޅުގަނޑުމެން ރިޕޯޓްކުރަން. ކުރިޔަސް ވާ ކަމެއް ނޯވޭ. ބޯޓު ހުއްޓުވަން ކޯސްޓްގާޑުން ނާދޭ. މިދިޔަ ހަފްތާގެ އެކި ދުވަސްމަތިން 4 ބޯޓު ފެނުނު. ބޯޓްތަކަކީ އެއް ތައްގަނޑަކަށް ހަދާފަ ހުރި ބޯޓްތަކަކަށް ވާތީ ބޮޑަށް ބެލެވެނީ އެއް ކުންފުންޏަކަށް ނިސްބަތްވާ ބޯޓް ފަހަރު ކަމަށް." މަސްވެރިޔާ ބުންޏެވެ.

މިދިޔަ ހަފްތާގައި ފެނުނު 4 ބޯޓެއްގެ ވީޑިއޯ މަސްވެރިން އެމްވީއަށް ވަނީ ލިބިފައެވެ. ނަމަވެސް މިއީ ކޮން ޤައުމެއްގެ ބޯޓްތަކެއްކަން ސާފެއް ނުވެއެވެ.

މި ބޯޓުތައް ހިފެހެއްޓިކަމުގެ މަޢުލޫމާތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ. އެދުވަހު އެ ބޯޓުތައް އޮތް ސަރަހައްދަށް އެމްއެންޑީއެފް ދިޔަ ކަމުގެ މަޢުލޫމާތެއްވެސް ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!