މަސްވެރިކަމާއި ގުޅޭ

2019 ވަނަ އަހަރުގެ މަސްވރިންގެ ދުވަހުގެ ފޯރަމްގެ ތެރެއިން
2019 ވަނަ އަހަރުގެ މަސްވރިންގެ ދުވަހުގެ ފޯރަމްގެ ތެރެއިން

ރާއްޖޭގެ އެންމެ ބޮޑު އިންޖީނު އަޅާފައިވާ ދާންދޫ "ސީސަން" ދޯނި ފަރަށް އަރައިފި

ރާއްޖޭގެ އެންމެ ބޮޑު އިންޖީނު އަޅާފައިވާ ދާންދޫ ސީސަން ދޯނި ފަރަށް އަރައިފިއެވެ.

މި ދޯނި ފަރަށް އެރީ މަސް ކިރުމަށްފަހު ގދ. ކަނޑަހަލަގަލާ ކިޔާ ރަށުގެ ކައިރީގައި އޮތް ބޯޓަށް ތެޔޮއަޅަން ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތުލިބެއެވެ. މިހާދިސާގައި އެއްވެސް މަސްވެރިޔަކަށް ގެއްލުމެއް ނުލިބޭކަމަށް މަޢުލޫމާތުލިބެއެވެ. އަދި ދޯންޏަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ސާފެއް ނުވެއެވެ. ސީސަން ދޯނި ފުންކުރުމަށް މި ވަގުތު އެ ސަރަހައްދުގައި އިތުރު ދޯނިތައް އެބަ ހަރަކާތްތެރިވެއެވެ.

101 ފޫޓުގެ މި ދޯނި ފަރަށް އަރާފައިވަނީ މިރޭ 19:00 ހާއިރު އެވެ. މި ވަގުތު ދޯނީގައި 32 މަސްވެރިން އެބަ ތިއްބެވެ.

1390 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ސީސަން ދޯންޏަކީ މިހާރު ރާއްޖޭގައި ދުއްވާ ދޯނިފަހަރުތަކުގެތެރެއިން އެންމެ ޒަމާނީ ވަސީލަތްތަށް ޤާއިމްކޮށްފައިވާ ދޯނިތަކުގެތެރޭގައި ހިމެނޭ ދޯންޏެކެވެ. އެގޮތުން ބޯފެން އުފައްދާ ޕްލާންޓެއް ބަހައްޓާ،  ލޮނު ފެނުން އައިސް އުފައްދާ ނިޒާމް، އާރުއެސްވީޕީ ސިސްޓަމެއްވެސް މި ދޯނީގައި ވަނީ ބަހައްޓާފައެވެ. ކެޔޮޅު އަޒުވާދު ފާހަގަކުރިގޮތުގައި އާރުއެސްވީޕީއަކީ ވަރަށް ބޭނުންތެރި ސިސްޓަމެއް ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ފަރު ބަލާނެ ނިޒާމެއް ބަހައްޓާފަ ނެތިއްޔާ
    ދޯނި ފަރައް އޭރުން ދުރުކޮށްދޭ ނިޒާމެއް ބަހަށްޓަބްވީނު

Comments are closed.