މަސްވެރިކަމާއި ގުޅޭ

fish-pic

ވެލާ މަސް ކައިގެން ޓެންޒޭނިއާގައި 7 މީހަކު މަރުވެއްްޖެ

ވެލާ މަސް ކައިގެން ވިހަވެގެން ޓެންޒޭނިއާގައި 7 މީހަކު މަރުވެއްްޖެއެވެ.

ޚަބަރުތައް ބުނާގޮތުން ޓެންޒޭނިއާގެ ޒާންޒިބާގެ ރަށެއް ކަމަށްވާ ޕެމްބާގައި ހިނގާފައިވާ މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. ވެލާ މަސް ކައިގެން ވިހަވެގެން 24 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

މި މަރުތައް ތަހުޤީގު ކުރުމުގެ މަސައްކަތް އެ ސަރަޙައްދުގެ ފުލުހުން ފަށާފައިވާއިރު، ވިހަވި ވެލާގެ މަސްތައް ވަނީ ތަޙްލީލުކުރުމަށް ކަމާގުޅުންހުރި ވުޒާރާތަކަށް ފޮނުވާފައެވެ. އަދި މިހާތަނަށް ހޯދުނު ހޯދުންތަކުން ބޮޑަށް ލަފާކުރެވެނީ، ވެލާގެ ހަންގަނޑުގައި ވިހަ މާއްދާއެއް ހުރުމުން ދިމާވި ހާދިސާއެއްގެ ގޮތުގައި ކަމަށް ފުލުހުން ހާމަކުރެއެވެ. ނަމަވެސް އެމީހުން ކެއީ ކޮން ބާވަތެއްގެ ވެލައެއްކަމެއް ކަމާގުޅޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުން ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މޫދު ވިނައިގައި ވިހަ މާއްދާއެއް އުފެދެއެވެ. މިކަންތައް އާއްމުކޮށް ހިނގަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރުމަހުން ފެށިގެން މާރޗު މަހާއި ދޭތެރޭއެވެ.

އަދި މި ދުވަސްވަރު ވެލާގެ އިތުރުން، މޫދުގައި އުޅޭ ވިއްސަކަށް މަސްމަހާމެހި ވިހަ މާއްދާ އެކުލެވޭ މި ވިނަ ކައި ހަދައެވެ. އަދި މިއާއެކު މި މަސްތަކުގެ ބޭރު ހަންގަނޑަށް މި ވިހަތައް ބޭރުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!