މަސްވެރިކަމާއި ގުޅޭ

ގއ. ނިލަންދޫ ހަނދުވަރީ ދޯނީގެ އެންދަމާ ލައިޓަށް މިޔަރު  ހަމަލާ ދިނުން - ފޮޓޯ: ހަނދުވަރީ ދޯނި
ގއ. ނިލަންދޫ ހަނދުވަރީ ދޯނީގެ އެންދަމާ ލައިޓަށް މިޔަރު ހަމަލާ ދިނުން - ފޮޓޯ: ހަނދުވަރީ ދޯނި

މިޔަރުގެ މައްސަލައަށް ހައްލު ހޯދޭނެ ގޮތްތައް ހޯދުމަށް ދިރާސާ ކުރަނީ

މިޔަރުގެ ސަބަބުން މަސްވެރިކަމަށް ލިބެމުންދާ ގެއްލުމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާ އަންނަ ކަމަށާ މިޔަރުގެ މައްސަލައަށް ހައްލު ހޯދުމަށް ދިރާސާ ކުރަން ފަށާފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ދިރުންތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމް ކަމުގައިވާ 'އަހާ' ފޯރަމްގައި ރޭ އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަސްވެރި ވުޒާރާގެ ނަން ބަދަލު ކުރެއްވީ، އޯޝަން އެކްސްޕްލޯ ކޮށްގެން ގައުމަށް ވަންނަ އާމްދަނީ އިތުރު ކުރުމުގެ ވިސްނުންފުޅުގައި ކަމަށެވެ. އޭގެ ތެރޭގައި މިޔަރު އަދި ބައެއް އެހެނިހެން ވިޔަފާރިތައް ހިމެނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިޔަރުގެ މަސްވެރިކަމަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ވަކިން ހާއްސަކޮށް ރާއްޖޭގެ އުތުރުން، ކުޅުދުއްފުށި ހިސާބަކީ މީގެ ކުރިން ވަރަށް ބޮޑަށް މިޔަރުގެ މަސްވެރިކަމުން އާމްދަނީ ހޯދަމުން ދިޔަ އާބާދީއެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ބޭނުމަށް މިޔަރު މަސްވެރިކަން ހުއްޓާލަން ޖެހުނު ކަމަށާއި، ނަމަވެސް ފަތުރުވެރިކަމަށް ބައި ގަރުނު ވީއިރުވެސް އެ ހިސާބުގައި ރިސޯޓެއް ނެތްކަމަށް ބުނެ މިޔަރު މަސްވެރިން ޝަކުވާ ކުރާ ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، މިޔަރު މަސްވެރިކަމުން އާމްދަނީ ހޯދަން ފުރުސަތު ހުޅުވާލަން މަސްވެރިން އެދޭ ކަމަށެވެ. އަދި މިޔަރުގެ ސަބަބުން ފަރުމަސްވެރިންނާއި ކަންނެލި މަސްވެރިން އަދި ކަޅުބިލަމަހުގެ މަސްވެރިންވެސް މަސްވެރިކަމުގައި އުނދަގޫތައް ދިމާވާކަމުގެ ޝަކުވާ ލިބިފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލުން ފަދަ ނިންމުމެއް ނިންމާނަމަ، ވަރަށް ގިނަ ކަންތައްތަކަށް ބަލައި، ދިރާސާވެސް ކުރަން ޖެހޭކަން މިނިސްޓަރު ވަނީ ހަނދާންކޮށްދީފައެވެ.

އެހެންކަމުން، މިޔަރުގެ މަސްވެރިކަން ކުރެވޭނީ ކިހިނެތްތޯއާއި އެކަމަށް އަލިމަގެއް އޮތްތޯ ބެލުމަށް ދިރާސާއެއް ހަދަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔަ ދިރާސާކުރަން ގަރުނެއްނަގާނެ. ތިޔަތަނުގެ ރިސާރޗް އިންސްޓިޓީޔުޓް ގައި ހުރި ލާދީނީ އަންހެނާ ޝާފިޔާ ނައީމު ހުރެގެން ތިޔަ ކަމެއްނުވާނެ. މުވައްޒަފުންނަށް ބަވާ މޯޓޮވޭޝަން ގެއްލުވާލާ ، އެމީހުންގެ މދުގައި ތަފާތުކުރުން ބޮޑުކޮށް ހަސަދައިގެ ހުޅުގަނޑުވަނީ ބޮޑުވެފަ. ތިޔަ ތަން ސަލާމަތްކުރުމަށް މަސްވެރިން ވަރަށް އަވަހަށް ނިކުންނާނަން. ބަލަން ތިބޭ

Comments are closed.