މަސްވެރިކަމާއި ގުޅޭ

scientists-investigate-a-humpback-whale-by-boat-and-drone-in-the-surface-waters-near-the-west-antarctic-peninsula_web

ބޮޑުމަހުގެ ނަޖިހުން ކަނޑުތަކަށް ބޮޑެތި ފައިދާތަކެއް

ކަނޑުގެ ދިރުންތަކުގެ ތެރެއިން ސައިޒުން އެންމެ ބޮޑު ބާވަތަކީ ބޮޑު މަހެވެ. ބައެއް ބޮޑުމަސްތައް ބޮއިންގ 737 މަރުކައިގެ މަތިންދާ ބޯޓެއްގެ ސައިޒަށް ބޮޑުވެއެވެ. ސައިޒުން މިހާ ބޮޑު މަސްތައް ކެއުމަށް ގިނަ އަދަދެއްގެ ކަނޑުގެ ދިރުން ބޭނުން ކުރެއެވެ. ބޮޑުމަސް އާއްމުކޮށް ކެއުމަށް ބޭނުންކުރަނީ ކަނޑުގެ ކުދި ކުދި ދިރުންތަކެވެ. އެގޮތުން ޑިނގާގެ ވަތްތަރެއް ކަމަށްވާ ކްރިލް އަކީ ބޮޑުމަހަށް ވަރަށް ކަމުދާ އެއްޗެކެވެ.

ދާދިފަހުން ސައިންވެރިން ކުރި ދިރާސާއެއްގައި ވަނީ ބޮޑު މަހުގެ ކެއުމުގެ އާދަތައް ދެނެގަނެފައެވެ. އަދި ބޮޑުމަސް ބޭރުކުރާ ނަޖިސް ވެސް ވަނީ ދިރާސާކޮށްފައެވެ. އެގޮތުން ސައިންވެރިންނަށް މިދިރާސާއިން ހޯދުނުގޮތުން ކުރިން އަންދާޒާ ކުރެވިފައިވާ މިންވަރަށްވުރެ ތިން ގުނަ އިތުރަށް ބޮޑު މަސް ކައެވެ. އެގޮތުން ބޮޑުމަސް އާއްމުކޮށް ކަނީ ކުރިލް އާއި، ކުދިކުދި މަހާއި، އެނިމަލް ޕްލޭންކްޓަނެވެ. އަދި ބޮޑުމަސް ކާ މިންވަރާއި އެއްވަރަށް ނަޖިސްވެސް ބޭރުކުރެއެވެ. ބޮޑުމަހުގެ ނަޖިހަކީ ކަނޑު ފަރޓިލައިޒްކޮށްދޭ އެއްޗެއްކަން މި ދިރާސާއިން ވަނީ ހޯދިފައެވެ.

ދިރާސާ ކުރާ ފަރާތްތަކަށް ބޮޑު މަހުގެ ކެއުމުގެ އާދަތަށް ގެނެގަތުމަށް ގިނަ ހުރަސްތަކެއް ހުއްޓެވެ. އެގޮތުން 30 އާއި 100 ފޫޓު ގެ ބޮޑުމަހެއް ކަނޑު އަޑީގައި އުޅޭގޮތް ބެލުމަކީ ފަސޭހަކެމެއް ނޫނެވެ. އެގޮތުން ކުރިން ސައިންސްވެރިން ދިރާސާތަށް ކޮށްފައިވަނީ ބޮޑު މަހުގެ ބަނޑުގެ ސައިޒަށާއި، ކެއުމުގެ އާދަކަށް ބަލައިގެންނެވެ.

އެހެންނަމަވެސް މިފަހުން ސައިންވެރިން ކުރި ދިރާސާގައިވަނީ ބޮޑުމަހުގެ އުޅުން ޓްރެކްކޮށް ބަލާފައެވެ. އެގޮތުން ހޯދި ހޯދުންތަކުން ދައްކާގޮތުން ނޯތު ޕެސިފިކް ބްލޫ ވޭލް 16 ޓަނުގެ ކްރިލް ބައެއް ދުވަސްވަރު ކައެވެ. މިއީ ބަރުދަނުން ބަލާނަމަ މަގުތަކުގައި ދުއްވާ ބޮޑެތި ބަސްތަކުގެ ބަރުދަނެވެ.

ބޮޑުމަސް މިހާ ގިނަ އަދަދަކަށް ކްރިލް ކޭ ނަމަވެސް މީގެ އާބާދީއަށް އަސަރެއް ނުކުރެއެވެ. ސަބަބަކީ ބޮޑުމަހުގެ ނަޖިހުން ކަނޑު ފާޓިލައިޒްކޮށް ކްރިލްގެ އަދަދުވެސް އިތުރުކޮށްދޭތީއެވެ. އެހެން ނަމަވެސް ކަނޑުތަކުން ބޮޑުމަސް ބާނާ މީހުން އިތުރުވުމާއި ގުޅިގެން ކަނޑުގެ ހުރިހާ ދިރުންތަކަށް މިވަނީ އަސަރުކޮށްފައި ކަމަށް ސައިންސްވެރިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!