މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގެ މައުލޫމާތު: ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އުޅަނދުގެ އަދަދު

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކޮށްފައިވާ ސާވޭތަކަށް ބިނާކޮށް ލަފާކުރެވޭގޮތުގައި ގާތްގަނޑަކަށް 17,000 މަސްވެރިން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވެއެވެ.

މީގެތެރެއިން، ކެޔޮޅުންނާއި ފަޅުވެރިންގެ ދަފުތަރުގައި މިނިސްޓްރީގައި ރަސްމީކޮށް މިވަގުތަށް ހިމެނިފައިވާ މަސްވެރިންގެ އަދަދަކީ 7,014 މަސްވެރިންނެވެ. މީގެ އިތުރުން، ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް މިވަގުތު 621 އުޅަނދަށް ލައިސަންސް ދޫކުރެވިފައި ވެއެވެ. މި އުޅަނދުފަހަރުތަކުގެ ތެރެއިން ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އަތުނަނުގެ މަސްވެރިކަން ކުރާ ބައެއް އުޅަނދުފަހަރަކީ އެ ދުވަސްވަރެއްގައި މަސްވެރިކަން ހުންނަގޮތުން ކޮންމެވެސް މިންވަރަކަށް އާލާތް ބަދަލުކުރާ އުޅަނދުފަހަރެވެ.

މިގޮތުން ކަނޑުމަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ހަމަ އެކަނި ދޮށީގެ މަސްވެރިކަމާއި، ހަމައެކަނި ދޮށީގެ އަދި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައްޔާއި ކަނޑުމަހުގެ މަސްވެރިކަމުގައި އާލާތް ބަދަލުކުރާ އުޅަނދުފަހަރުގެ އަދަދު ބެހިފައިވާގޮތް ޗާޓު 4 ގައި އެވަނީއެވެ.

މީގެ އިތުރުން ލައިސަންސް ނަގަން ނުޖެހޭ ގިންތީގެ ނުވަތަ ރާއްޖޭގެ އެތެރޭގައި ވިއްކުމަށް މަސްވެރިކަން ކުރާ 200 ވަރަކަށް އުޅަނދު އުޅޭނެކަމަށް 2018 ވަނަ އަހަރު މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ ސަރވޭތަކުން ދައްކައެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!