މަސްވެރިކަމާއި ގުޅޭ

ގޮއިދޫ އަންހެނުން މަސް ބާނަނީ-- ފޮޓޯ/ އޭދަފުށީ ވޮއިސް
ގޮއިދޫ އަންހެނުން މަސް ބާނަނީ-- ފޮޓޯ/ އޭދަފުށީ ވޮއިސް

ގޮއިދޫ އަންހެނުންގެ ކޮމިޓީން މަސްރޭހެއް ބާއްވަނީ

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މަސްރޭހެއް ބޭއްވުމަށް ގޮއިދޫ އަންހެނުންގެ ކޮމިޓީން އިއުލާނު ކޮށްފިއެވެ.

އެ ކޮމިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންހެނުންގެ ކޮމިޓީން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާ ، އެކޮމިޓީން ކޮށްފައިވާ ނަމްބަރ WDC/2024/03 އިޢުލާން ގެޒެޓް ކޮށްފައިވާ ކަމަށެވެ.

މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ11 ވާ ހޮނިހިރު ދުވަހުއެވެ.

މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން، އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޓީމު ލިސްޓު ހުށަހަޅަން ޖެހެއެވެ. ޓީމު ލިސްޓު ހުށަހަޅަން ގުޅަން ޖެހެނީ އަންހެނުންގެ ކޮމިޓީގެ ރައީސް ފަޠީނާ އަބްދުއްރަހީމްއަށެވެ.

މި މަސް ރޭހުގައި، ގާނޫނުގައި ބޭނުނުން މަނާ އެއްވެސް އެއްޗެއް ނުބޭނޭނެއެވެ. އަދި ކުރުމަސް، ލައްޓި، ރާގޮނޑި، ކަންނެލި، ކަނޑުމަސް، ހިބަރު އަދި ރޮނޑު ނުގުނޭނެ ކަމަށް އެ ކޮމިޓީގެ އިއުލާނުގައި ވެއެވެ.

މި މުބާރާތުގެ އެއްވަނަ ޓީމަކަށް 3000 ރުފިޔާ ކަނޑައަޅާފައި ވާއިރު، ދެވަނަ ޒޓީމަކަށް 2000 ރުފިޔާ އަދި އެއްވަނަ ޓީމަކަށް 1000 ރުފިޔާގެ އިތުރުން އެންމެ ބަރު މަސް ބާނާ ޓީމަކަށް 500 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!