މަސްވެރިކަމާއި ގުޅޭ

6ab697e9-d7f7-4160-a0f3-e64f24b7451d-1536x1152

ބިރުވެރި ސިފައަަކަށް އޮތް މަހެއްް އެމެރިކާގެ ބީޗަކަށް ލައްގައިފި

ކަނޑުގެ ހުރިހާ ދިރުންތަކާއި ގުޅޭ ފުރިހަމަ މައުލޫމާތުތަކެއް ސައިންސްވެރިންނަށްވެސް އަދި ހޯދިފައެއް ނުވެއެވެ. އެގޮތުން މިފަހުން އެމެރިކާގެ ދެކުނު ކެލިފޯނިއާގެ ބީޗަކަށް ލެއްގި މަސް ވެގެން ދިޔައީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ މަހަކަށެވެ. މިއީ އާއްމުކޮށް ކަނޑުގެ 1000 ފުޓާއި 4000 ފޫޓު އަޑީގައި އުޅޭ މަހެކެވެ.

ބަލާލުމަށް ވަށް ބޯޅައެއް ހެން އޮންނަ މި މަހުގެ ނަމަކީ، ޕެސިފިކް ފުޓްބޯލްފިޝްއެވެ. މި މަހުގެ ސިފަތަށް ބިރުވެރިއެވެ. އެގޮތުން ބޮޑު އަނގައަކާއި ތޫނު ދަތްތަކެއް މިމަހުގެ ހުރެއެވެ. އަނގައިގައި ހުރީ މަޑު ރަތްކުލައެވެ. މިއީ މޫދުގެ ވަރަށް އަޑީގައި އުޅޭ މަހަކަށްވުމުން މަހުގެ ބޯމަތީގައި ލައިޓެއް ހުރެއެވެ. މި ލައިޓުގެ އެހީގައި މި މަސް ޝިކާރަކޮށް ހަދައެވެ.

މި މަސް ގޮނޑުދޮށުން ފެނުނު މީހުން ބުނެފައިވަނީ މިއީ އެމީހުންގެ ހަޔާތުގައިވެސް ފެނުނު އެންމެ ބިރުވެރިމަސް ކަމަށެވެ.

މިއީ އެމެރިކާގެ މި ސަރަޙައްދުން މިހާތަނަށް ފެނުނު މިފަދަ ދެވަނަ މަހެވެ. މީގެކުރިން 2001 ވަނަ އަހަރު ފެސިޕިލް ފުޓްބޯލްފިޝްއެއް މި ހިސާބުން ފެނިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!