މަސްވެރިކަމާއި ގުޅޭ

AARxn5d

ނިކަރާގުއާގެ ގޮނޑުދޮށްތަކަށް ހާހެއްހާ ވެލާ ބިސް އަޅައިފި

މިދިޔަ ހަފްތާ ބަންދުތެރޭ ނިކަރާގުއާގެ ގޮނޑުދޮށްތަކަށް ހާހެއްހާ ވެލާ ބިސް އަޅައިފިއެވެ.

ވެލާ ބިސްއަޅަން އަރާ ސަރަޙައްދުތަށްވަނީ ސިފައިން ހަތިޔާރާއި އެކު ބަހަލައްޓާފައެވެ. މިއީ ވެލާ ބިސް ވަގަށް ނަގާ ފަރާތްތަކާއި އެހެން ޖަނަވާރުތަކުންވެސް ބިސް ވަޅުތައް ސަލާމަތްކުރުމަށެވެ. ނިކަރާގުރާއަށް ބިސް އަޅަން އަރާފައިވަނީ ވާވޮށި ވެލާ ތަކެކެވެ. އެގޮތުން މި ބާވަތުގެ ވެލާތަށް 24 ގަޑިއިރުގެތެރޭ 90 ބިސް އާއްމުކޮށް އަޅައެވެ. އަދި ބިސްތަށް ފަޅަން އާއްމުގޮތެއްގައި 40 ހާއި 70 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

ނިކަރާގުއާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް އެންޑު އެންވަރަމެންޓުން ހާމަކުރާގޮތުގައި، 100 ބިހުގެ ތެރެއިން މޫދާ ހަމައަށް ފޯރަނީ 90 ވެލާއަށް ކަމަށެވެ. އެހެން ނަމަވެސް ފުރާފުރިހަމަވާ އުމުރާއި ހަމައަށް މީގެތެރެއިން ފޯރަނީ އެންމެ 3 ވެލާއެވެ. މިއީ ކަންބޮޑުވާން ޖެހޭ ފަދަ އަދަދުތަކެކެވެ.

ސިފައިންގެ އޮފިސަރެއް ވެލާއަށް އެހީވަނީ

ވެލާ ބިސް ވަޅުތަކުން ވަގަށް ބިސް ނަގާ މީހުންގެ ކިބައިން ބިސް ވަޅުތަށް ސަލާމަތް ކުރުމަށް ނިކަރާގުރާގައި ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!