މަސްވެރިކަމާއި ގުޅޭ

images

ކޯރަކަށް އެއް މިލިއަން ވެލާ ދޫކޮށްފި

ބޮލިވިއާ އާއި ބްރެޒިލް ވަކި ކުރާ ބޯޑަރު ކައިރީ އޮންނަ ކޯރަކަށް މިލިއަނެއްހާ "އެމޭޒޯން ރިވަރ" ވެލާ ދޫކޮށްފިއެވެ.

މިއީ ބްރެޒިލް އާއި ބޮލިވިއާ ގުޅިގެން ކުރިއަށް ގެންދާ ކޮންޒަވޭޝަން ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. މި ވެލާތަށް ކޯރަށް ދޫކުރާ މަންޒަރު ބަލަން އާއްމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފައެވެ.

މި ޕްރޮޖެކްޓަކީ ވެލާގެ އާބާދީ މަދުވަމުންދާތީ ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ވެލާ މަދުވާން މެދުވެރިވެފައިވާ އެންމެ ބޮޑު ސަބަބަކީ އާއްމުން މިތަކެތި ހިފުމެވެ. އެގޮތުން މިދިޔަމަހުގެ ތެރޭވެސް 300 ކުދި ވެލާ ވަނީ މެކްސިކޯގެ ބީޗަކުން ފެނިފައެވެ.

ބްރެޒިލްގައި ވެލާ ބިސް ކެއުމަކީ މަނާ ކަމެކެވެ. އެހެން ނަމަވެސް ވެލާ މަސް ކެއުމަކީ މަނާ ކަމެއް ނޫނެވެ. އެހެންކަމުން އާއްމުކޮށް މިތަކެތި ހިފާ މީހުންނަކީ ކެއުމުގެ ބޭނުމުގައި ވެލާ ހިފާ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!