މަސްވެރިކަމާއި ގުޅޭ

image (1)

އަންނަ އަހަރު އީޔޫގެ ޤައުމުތަކުން މަސް ބޭނުމުގައި ގެންގުޅޭނެ ކޯޓާ ކަނޑައަޅައިފި

އަންނަ އަހަރު ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން މަސް ބޭނުމުގައި ގެންގުޅޭނެ ކޯޓާ ކަނޑައަޅައިފިއެވެ.

މިއީ މަހުގެ ސްޓޮކް ހިމާޔަތްކުރުމަށްޓަކައި އެ ސަރަޙަދުގެ ޤައުމުތަކުން ގެންގުޅޭ ސިޔާސަތެކެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންގެ އައްސޭރިފަށުގެ ޤައުމުތަކުން އެއްބަސްވުމަކާއި ހަމައަށް އައުމަށް ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައެވެ. ކޮންމެ ގައުމަކުންވެސް އެގައުމުގެ މަސްވެރިންނަށް ގިނައިން މަސްބޭނުމުގެ ހުއްދަ ލިބޭތޯ މަސައްކަތް ކުރިނަމަވެސް، ސައިންސްވެރިން ލަފާ ދެއްވާފައިވަނީ ގިނައިން މަސްބާނަން ހުއްދަ ނުދިނުމަށެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ކޯޓާގައި  "ކޮޑް ފިޝް"ގެ ވަކި ވަތްތަރުތަކެއް ބޭނުން އެއްކޮށް މަނާ ކުރުމަށް ނިންމާފައިވެއެވެ. އަދި  ސޯލް ޓޯޓަލް މަސް ބާނާ މިންވަރު ތިންބައިކުޅަ އެއް ބަޔަށް މަދުކުރުމަށްވަނީ ނިންމާފައެވެ. އެހެން ނަމަވެސް "ކޮޑް ފިޝް"ގެ ބައެއް ބާވަތްތަށް ބާނާ މިންވަރަށް ބަދަލެއް ނުގެނެސް ދަމަހައްޓާފައިވާއިރު، މިއީ މަސްވެރިކަން ކުރާ ފަރާތްތަކަށް ގެއްލުން ވިޔަ ނުދިނުމަށްޓަކައެވެ.

2020 އަހަރުން ފެށިގެން ދެމެހެއްޓެނިވި މަސްވެރިކަމަށް ފުރުސަތުދިނުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްް ނިންމި 

ގަމުގައިވީނަމަވެސް، އެ ނިންމި ކަންތައްތައް ތަންފީޒުކުރުމުގައި ޔޫރަޕިއަން ޔޫނިއަންއަށް ވަނީ ގޮނަ ގޮންޖެހުންތަކެއް ދިމާވެފައެވެ. 

ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ އީޔޫ ޤައުމުތަކުގެ ކޯޓާއަށް ފާޑުކިޔާފައެވެ. އެގޮތުން ކަނޑުގެ ދިރުންތަށް ހިމާޔަތްކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވެމުން ނުދާކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!