މަސްވެރިކަމާއި ގުޅޭ

leopard-seal

ނިއުޒިލެންޑް ކަނޑުގައި އުޅޭ "ލެޕާޑް ސީލް" މިޔަރަށް ހަމަލާ ދެނީ

ނިއުޒިލެންޑް ކަނޑުގައި އުޅޭ "ލެޕާޑް ސީލް" ތައް މިޔަރަށް ހަމަލާދޭކަން ދިރާސާއަކުން ދައްކައިފިއެވެ.

ބޭރުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ދިރާސާ ކުރާ ފަރާތްތަކަށް މިކަން ވަނީ ހޯދިފައެވެ. އެހެންކަމުން ނިއުޒިލޭންޑުގައި އުޅޭ މިބާވަތުގެ "ލެޕާޑް ސީލް" ވެގެންދާނީ ދުނިޔެއިން ވެސް މިޔަރަށް ހަމަލާދީ ކާ ކަމަށް ބެލެވޭ ފުރަތަމަ ޕްރިޑޭޓާއަށެވެ.

"ލެޕާޑް ސީލް އޯގަނައިޒޭޝަން" ގެ ޑިރެކްޓަރ ކްރިސްޓަރ ވެން ޑާ ލިންޑޭ ލީޑްކޮށްގެން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ލިއޮޕާޑް ސީލް ފަދަ ކަނޑުގެ ދިރުންތައް، މިޔަރުގެ މަރުވެފައިވާ މަސްގަނޑު ކެއުމުގެ ބަދަލުގައި އެސޮރުމެން ދިރިއުއްޓާ ހަމަލަދީ، ކައެވެ. ހޯދުނު ހޯދުންތަކުގެ ނަތީޖާ އެގޮތަށް އައުމުން ވެން ޑާ ލިންޑޭ ވެސް ހުރީ ހައިރާން ވެފައެވެ.

މީގެ އިތުރުންވެސް 'ގޯސްޓް ޝާކް' އާއި 'އެލެފަންޓް ފިޝް' އަށް ވެސް ލިއޮޕާޑް ސީލް ހަމަލަދޭކަން ސައިންޓިސްޓުން ވަނީ ހޯދާފައެވެ.

ޝިކާރަކުރުމަށް އެންމެ ނުރައްކާތެރި މަހުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރަށް "ލެޕާޑް ސީލް"އިން ހަމަލާދެނީ މިޔަރުގައި ހުންން ނިއުޓްރިޝަން ސަބަބުންކަމަށް ވެން ޑާ ލިންޑޭ ދެކެއެވެ.

ނިއުޒިލެންޑް ފަރުތަކަށް ގޮސްގެން އުޅޭ ލިއޮޕާޑް ސީލް އަސްލު ނިސްބަތް ވަނީ އެންޓާޓިކާއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!