މަސްވެރިކަމާއި ގުޅޭ

_122258754_1920xgettyimages-1136409408

ސްޕެއިންގައި ބޯވަ އާލާ ކުރާ ފެސިލިޓީއެއް ހުޅުވާތީ ގިނަ ބައެއްގެ ކަންބޮޑުވުން

ސްޕެއިންގައި ބޯވަ އާލާކުރާ ފެސިލިޓީއެއް ޤާއިމްކުރާތީ އެކަމާއި ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ސްޕެއިންގެ ނުއިވާ ޕެސްކަނޯވާ ކުންފުނިން ދަނީ ބޯވަ އާލާކުރާ ދުނިޔޭގެ ފުރަތަމަ ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިތަން ތަރައްޤީ ކުރަނީ ކަނޑުގެ ދިރުންތަށް ރައްކާތެރިކޮށްދޭ ފަދަ ގޮތަކަށް ކަމަށް އެކުންފުނިން ބުނަމުން ދިޔަ ނަމަވެސް މިއީ މި ފިކުރާ މުޅިން ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އަންނަ އަހަރުގެ ހޫނު މޫސުމުގައި މި ފެސިލިޓީއިން ބާޒާރުގައި ބޯވަ ވިއްކަން ފަށާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން އަހަރެއްގެ މައްޗަށް 3000 ޓަނުގެ ބޯވަ މި ފެސިލިޓީއިން ބާޒާރަށް ނެރޭނެ ކަމަށް ނުއިވާ ޕެސްކަނޯވާއިން ހާމަކުރެއެވެ.

ކޮށީގައި ބޯވަ އާލާ ކުރުމާއި ދެކޮޅަށް އަޑު އުފުލަމުންދާ ސައިންވެރިންނާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަމުންދަނީ، ބޯވައަކީ ވިސްނުންތޫނު އެއްޗެއް ކަމަށެވެ. އަދި ބޯވަ އޭތި ގެންގުޅޭ މީހާއާއި ބޮޑު ގުޅުމެއް އުފެދޭ ކަމަށާއި، މިފަދަ އެއްޗެއް އެގޮތަށް ގެންގުޅެ ކެއުމަށް ވިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި މީގެ އިތުރުން ބޯވައަކީ އެކަނި އުޅެން ލޯބި ކުރާ އެއްޗަކަށްވާއިރު، ކޮށީގައި އެގޮތަށް ގެންގުޅުމަކީ އެޔަށް ދެވޭ ވަރަށް ބޮޑު ދެރައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

ދުނިޔޭގެ ބޯވައަށް އޮންނަ މަޤްބޫލްކަން އިތުރުވެފައިވާއިރު، ބޯވަ އެންމެ ގިނަ އަދަދަށް ބޭނުންކުރަނީ އޭޝިއާގެ ޤައުމުތަކުގައެވެ. ދެވަނަ އަށް ޔޫރަޕްގެ ޤައުމުތަކުގައެވެ. އެގޮތުން ޔޫރަޕްގެ ޤައުމުތަކުގެތެރެއިން ކެއުމަށް ބޯވަ އެއްމެ ގިނަ އަދަދަކަށް ބޭނުންކުރަނީ އިޓަލީގައެވެ. އަހަރެއްގެތެރޭ 60000 ޓަނުގެ ބޯވަ އެޤައުމުގައި ކެއުމަށް ބޭނުންކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ހިސާބުތަށް ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް ބޯވަ ހިފަނީ އޭޝިއާ އާއި މެޑިޓުރޭނިއަންގެ ކަނޑުގެ ސަރަޙައްދުތަކުންނެވެ. ބޯވަ އަށް އޮންނަ ޑިމާންޑު ބޮޑުވެފައިވާ އިރު، ޑިމާންޑާއި އެއްވަރަށް ދުނިޔޭގެ ބާޒާރުން ބޯވަ ނުލިބޭތީ ބޯވަ އާލާ ކުރުމުގައި ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ވިޔަފާރި ކުންފުނިތަކުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!