މަސްވެރިކަމާއި ގުޅޭ

6C4BCBFA-9934-4A6F-BE49-99BFB15BDA50-pgwpho93i9bm4mhxr8tnwzk3bw6m0dwfuyr3tqy1s8

"ކަޅިރަވަ" ދޯނީގެ މަސްވެރިއަކު ހާލުދެރަވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ގދ.ތިނަދޫ ކައިރީ މަސްވެރިކަމުގައި އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއަކަށް ސިއްހީ ކުއްލި މައްސަލައެއް ދިމާވެގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގދ.ތިނަދޫގެ ހުޅަނގުން 31 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ކަޅިރަވަ" ނަމަކަށް ކިޔާ ދޯންޏެއްގެ މަސްވެރިއަކަށް،  ޞިއްޙީ ކުއްލި މައްސަލައެއް ދިމާވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ގދ.ތިނަދޫއަށް ގެންގޮސްދީފައިވާކަމަށެވެ.

އެމީހާއަށް މިހާރު އަންނަނީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މަސްދޯނިފަހަރު ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!