މަސްވެރިކަމާއި ގުޅޭ

ދިރޭ ކުދިމަހުގެ ބާވަތްތައް ދިރިއުޅޭ މާޙައުލު

ދިރޭކުދިމަހުގެ މަސްވެރިކަމަކީ ނުވަތަ މެރިން އެކުއޭރިއަމް ފިޝަރީ އަކީ، މި މަސްވެރިކަމުގައި ތަފާތު ގިނަބާވަތްތަކުގެ މަސްމަހާމެހި އެކުލެވޭ މަސްވެރިކަމެކެވެ.

2017 ވަނަ އަހަރު އެކަނިވެސް ގާތްގަނޑަކަށް 250 ބާވަތުގެ މަސް މި މަސްވެރިކަމުގައި ދިވެހިރާއްޖެއިން ބޭރުކުރެވިފައިވެއެވެ. އެހެންނަމަވެސް، ދިރޭކުދިމަހުގެ ވިޔަފާރިން ލިބޭ ނަފާގެ ބޮޑު ބައެއް ބަރޯސާވަނީ އެފަދަ މަސް ގަންނަ ފަރާތްތައް ބޭނުންވާ ވަކި ޚާއްޞަ ބާވަތްތަކެއްގެ މައްޗަށްކަން އެކްސްޕޯޓުކޮށްފައިވާ މަސްތަކުގެ އަދަދުތަކުން ހާމަވެގެންދެއެވެ. އެހެންކަމުން، ދިރޭކުދިމަހުގެ އެކްސްޕޯޓުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ނިސްބަތުން ވަރަށް މަދު ބާވަތްތަކެއްކަން ފާހަގަކުރެވެއެވެ.

މިސާލަކަށް، 2017 ވަނަ އަހަރު ގާތްގަނޑަކަށް 250 ބާވަތުގެ ދިރޭކުދިމަސް އެކްސްޕޯޓުކޮށްފައިވާއިރު، އެކްސްޕޯޓުކޮށްފައިވާ މަހުގެ ބާވަތްތަކު %50 ހިއްސާކުރަނީ 9 ބާވަތެކެވެ. ވޭތުވެދިޔަ އަހަރުތަކުގެ އެކްސްޕޯޓަށް ބަލައިލާއިރު، 2003 ވަނަ އަހަރު ފިޔަވައި، ދިރޭކުދިމަހުގެ އެކްސްޕޯޓުގެ %70 ހިއްސާކޮށްފައިވަނީ އެންމެ 20 ބާވަތެކެވެ. މި މަޢުލޫމާތު ލިބިފައިވަނީ 1980 ގެ އަހަރުތަކުގައްޔާއި، 1995 އަދި
2004 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ރިޕޯޓުތަކުންނާއި، 2011 ވަނަ އަހަރު އަދި 2014 އާއި 2017 އާ ދެމެދު މަސް އެކްސްޕޯޓުކުރާ ވަގުތު ހުށަހަޅައިފައިވާ ޕްރޮފޯމާ ޝީޓުތަކުންނެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ދިރޭކުދިމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!