މަސްވެރިކަމާއި ގުޅޭ

ameen

ހިންނަވަރުގައި 4 ދުވަހުން 25 ޓަނު މަސް ކައްކާ ހިއްކައިފި

ޅ. ހިންނަވަރު އަމީން އަލީ އިސްވެހުރެ 25 ޓަނު މަސް ހަތަރު ދުވަހުން ކައްކާ ހިއްކައިފިއެވެ.

މިނޫހާ ވާހަކަ ދައްކަމުން އަމީން ބުނީ އެއީ ފެލިވަރަށް ނުކިރާވަރުގެ ކުދި މަހާއި ރާގޮނޑިފަދަ މަސްތައް ހިމެނޭހެން 25 ޓަނު މަސް އެމީހުން ގަތީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި މަސް ކެނޑުމާއި ކެއްކުމުގައި އުޅުނީ 8 ފިރިހެނުން ކަމަށާއި މަސް އަވީޖައްސައިދޭން އަމީނުގެ މަންމައާއި އެކުވެރިން ކޮޅެއް ދިޔަ ކަމަށެވެ.

އަމީން ބުނީ އޭނާގެ ބައްޕަ މި މަސައްކަތް ކުރާތާ ގާތްގަނޑަކަށް 18 އަހަރު ވެއްޖެ ކަމަށާއި، މިހާރު ބައްޕަގެ ބަލިހާލު ހުރި ގޮތުން އަމީން އިސްވެ ކުރަނީ ކަމަށެވެ. އަމީން މަސްކައްކަން ގެންގުޅޭ ފިރިހެނުންނަކީ ދުވަހު މުސާރަ ދީގެން ގެންގުޅޭ ބައެކެވެ.

 

"ސަރުކާރު ބިމެއް ކުއްޔަށް ނަގައިގެން މިކަން މި ކުރަނީ" އަމީން ކިޔައިދިނެވެ.

ކޮންމެ ފަސްޓަނެއް ހިއްކުމުން ލިބޭނީ ހިއްކި މަހުގެ ޓަނެއްކަން ފާހަގަ ކުރަމުން އަމީނު ބުނީ މިހާރު ހިއްކިފައި ހުރި މަހާއެކު ކެއްކި ރިހާކުރު ބޭރަށް ފޮނުވާނެ ކަމަށެވެ.

މީގެ އިތުރުން ރައްރަށާއި ރިސޯޓުތަކަށް ވެސް ވިއްކާކަމަށް އޭނާ ބުންޏެވެ. އެކަމުން ލިބޭ އާމްދަނީ ރަނގަޅުކަމަށާއި ނަމަވެސް މާލެއިން ލަންކާއަށް ފޮނުވާ މަހުގެ އަގު ދަށްވެފައި ހުރުމުން މިފަހަރު ހީކުރި ވަރަށް ވުރެ ފައިދާ ކުޑަ ކަމަށް އޭނާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސައްކަތުގައި ބަރަކާތް ލައްވާށި.އާމީން

Comments are closed.