މަސްވެރިކަމާއި ގުޅޭ

253309916_4887903861220916_2038573842985332667_n

ޖަޒީރާ 102 ބޯޓު ހެދުމުން އެކި ހިސާބުތަކަށް މަސް ކިރަން ދާނެ: ފެލިވަރު

އެންމެ ފަހުން މިފްކޯއަށް ގެނައި ޖަޒީރާ 102 ބޯޓު ހެދުމުން އެކި ހިސާބުތަކަށް މަސް ކިރަން ދާނެ ކަމަށް ފެލިވަރުން ބުނެފިއެވެ.

މި ނޫހާ ވާހަކަ ދައްކަމުން ފެލިވަރުގެ ޖެނެރަލް މެނޭޖަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ޖަޒީރާ 102 ބޯޓު އަދިވެސް މަސްވެރިކަމަށް ތައްޔާރުވެ ނުނިމޭ ކަމަށެވެ. އެ ބޯޓު ނިމުނުހާ އަވަހަކަށް މަސްވެރިކަން އޮންނަ ދުވަސްވަރު، އެ ސިހާބުތަކަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ބޯޓުގެ 40 މީހުންގެ އެކޮމަޑޭޝަން ބްލޮކްގެ ތެރެއިން އަދި ނިމުނީ 10-15 ވަރަކަށް ބްލޮކް ކަމަށެވެ. އޭގެ އިތުރުން، އެ ބޯޓުގައި ހުރި ބަދިގެ މަރާމާތު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެޔާއެކު، އެ ބޯޓޫގައި މިހާރު ހުރި ކެރޭނު ލަސްކަމުން ދެފަރާތުން މަސްކިރުން ލަސްވާކަން ފާހަގަކޮށް މުހައްމަދު ވިދާޅުވީ 101 ބޯޓުގައި ހުރި ކެރޭނު  ނައްޓާލުމަށްފަހު 102 ބޯޓުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، ވީހާވެސް އަވަހަކަށް 102 ބޯޓު ނިންމުމަށް ފެލިވަރު މެނޭޖްކަމްޓުން ރެޔާ ދުވާލ މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

އަމާޒަކީ މަސް ދުވަސް ތެރޭގައި ބޯޓު ނިންމުން ކަމަށާއި، ނަމަވެސް އެއަށްވުރެ ވެސް އަވަސް ވޭތޯ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިކަން ތިޔާގި ވުމާއި މަސް ކިރުން ދަތިވުމުގެ ސަބަބުން ޖަޒީރާ 102 ބޯޓު ހުވަދު އަތޮޅަށް ބަދަލުކޮށްދިނުމަށް އެ އަތޮޅުގެ މަސްވެރިން ދަނީ އެދެމުންނެވެ. އެ ބޯޓުން ދުވާލަކަށް 100 ޓަނުގެ މަސް ގަނެވެއެވެ. މި ބޯޓަކީ ބްރައިން ފްރީޒަރ ވެސެލްއެކެވެ. މި ބޯޓުގައި 370 ޓަނު ނުވަތަ 400 ޓަނުގެ މަސް ގަނޑުކުރެވޭނެ އެވެ. މި ބޯޓުގެ ސަބަބުން މިފްކޯއިން މަސް ގަނެވޭ މިންވަރު އިތުރުވެ އެކުންފުނީގެ އެއް ފެކްޓްރީއިން އަނެއް ފެކްޓްރީއަށް މަސް އުފުލުމުގައި ލުއި ފަސޭހަވެގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!